ބަރަކާތްތެރި ޙައްޖު ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި އެންމެހައި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަޙުނިޔާ ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ތަޙުނިޔާ ފޮނުއްވީ މީސް މީޑިއާގެ މަންސައެއް ކަމަށްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނުގެ ޕޯސްޓުގައި ވަނީ ރަޙްމަތާއި ބަރަކާތާއި ބާއްޖަވެރިކަމާއި ރުއްސެވުމާއި ފުއްސެވުމުގެ މި ބަރަކާތްތެރި ދުވަހުގެ ހެޔޮ ދަރުމައާއި ޘަވާބު ދިވެހި ކޮންމެ ލޮބުވެތި ރައްޔިތަކަށްމެ ދެއްވުން އެދި ދުޢާކުރައްވާފައެވެ. މި އަހަރުގެ ޙައްޖު ދުވަހަކީ މާދަމާއެވެ. ޙައްޖު ދުވަހަކީ މުޅި ދުނިޔެމައްޗަށް އިރުއަރާ އެންމެ ހެޔޮ ދުވަސް ކަމުގައި އިސްލާމީ ތާރީޚުތަކުން އެނގެން އޮވެއެވެ. މި މާތް ދުވަހުގެ ބަރަކާތް ލިބިގަތުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޙައްޖަށް ގޮސް ތިބި މުސްލިމުން މާދަމާ އަރަފާތު ބިމަށް ޖަމާވާނެއެވެ. https://twitter.com/MMuizzu/status/2058969713938686195?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2058969713938686195%7Ctwgr%5E57733f2ff5606c3c76fc4404b507ddc82cced7dc%7Ctwcon%5Es1_&ref_url=https%3A%2F%2Fmmtv.mv%2F15693 ޙައްޖުވެރިން އަރަފާތު ބިމުގައި މެންދުރު ނަމާދާއި އަސުރު ނަމާދު ކުރުމަށް ފަހު، އިރުއޮއްސުމާ ހަމައަށް ދެމިތިބޭނީ ދުޢާކުރުމާއި، ކީރިތި ޤުރުއާން ކިޔެވުމާއި ޒިކުރު ކުރުމުގެ މަތިވެރި އަޅުކަމުގައެވެ. މިއީ ޙައްޖުގެ އެންމެ މުހިންމު އެއް ރުކުނެވެ. ޙައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބޭ މީހުންނަށްވެސް މި ދުވަހުގެ މާތްކަން ލިބިގަތުމަށް މަގުތަކެއް ވަނީ ފަހިވެފައެވެ. އެގޮތުން ޙައްޖު ދުވަހު ރޯދައަށް ހުރުމަކީ ވަރަށް މާތް އަޅުކަމެކެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ގޮތުގައި، ޢަރަފާތް ދުވަހުގެ ރޯދައަކީ އިސްވެދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފުއްސަވައިދޭނެ ކަމެއް ކަމުގައި އުންމީދު ކުރައްވައެވެ
ރައީސް ޑރ މުއިއްޒު، ބަރަކާތްތެރި ޙައްޖު ދުވަހުގެ ތަޙުނިޔާ ފޮނުއްވައިފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.