ބަރަކާތްތެރި ޙައްޖު ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ދިވެހި ރައްޔިތުންނަށާއި މުޅި އިސްލާމީ އުންމަތަށް ތަހުނިޔާ ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މީސްމީޑިއާ މަންސަ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މި އަހަރު ޙައްޖުގެ މާތް އަޅުކަން އަދާކުރަމުންދާ ދިވެހި އެންމެހައި ޙައްޖާޖީންނަށް މަބްރޫރު ޙައްޖަކަށް އެދިވަޑައިގަންނަވާފައެވެ. އަދި ދިވެހި ކޮންމެ އަޚަކާއި އުޚްތަކަށް، އަދި މުޅި އިސްލާމީ އުންމަތަށް މި ބަރަކާތްތެރި ޙައްޖު ދުވަހުގެ އަޖުރާއި ރަޙްމަތް އެންމެ ހެޔޮގޮތުގައި ދެއްވުން އެދި އެކަމަނާ ވަނީ ދުޢާ ކުރައްވާފައެވެ. https://twitter.com/sajidhaamohamed/status/2058975669326069777?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2058975669326069777%7Ctwgr%5Eecbf4a767375efa290268ab7d1905de82997a34a%7Ctwcon%5Es1_&ref_url=https%3A%2F%2Fmmtv.mv%2F15695 މިއަދަކީ މިއަހަރުގެ ބަރަކާތްތެރި ޙައްޖު ދުވަސް، އާދެ ޢަރަފާތުދުވަހެވެ. ޙައްޖު ދުވަހަކީ މުޅި ދުނިޔެމައްޗަށް އިރުއަރާ އެންމެ ހެޔޮ ދުވަސް ކަމުގައި ބެލެވެއެވެ. މި މާތް ދުވަހުގައި ޙައްޖުވެރީން އަރަފާތު ބިމަށް ޖަމާވާނެއެވެ. ޙައްޖުވެރިން އަރަފާތު ބިމުގައި މެންދުރު ނަމާދާއި އަސުރު ނަމާދު ކުރުމަށް ފަހު، އިރުއޮއްސުމާ ހަމައަށް ދުޢާކުރުމާއި، ކީރިތި ޤުރުއާން ކިޔެވުމާއި، ޒިކުރު ކުރުމުގައި ދެމިތިބޭނެއެވެ. ޙައްޖުގެ މާތް އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބޭ މީހުންނަށްވެސް މި ދުވަހަކީ ވަރަށް މާތް ދުވަހެކެވެ. އެގޮތުން ޙައްޖު ދުވަހު ރޯދައަށް ހުރުމަކީ ވަރަށް މާތް އަޅުކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. މިއީ ވޭތުވެދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ކުށްފާފަތަކުގެ ކައްފާރާއެއް ކަމުގައި ވުމަށް އުންމީދު ކުރައްވާ ކަމުގައި މާތް ނަބިއްޔާ ޙަދީޘް ކުރައްވާފައިވެއެވެ.
ޙައްޖު ދުވަހުގެ މުނާސަބަތުގައި މެޑަމް ސާޖިދާ ތަހުނިޔާ ފޮނުއްވައިފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.