މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަބަން ޑިވެލޮޕްމަންޓްގެ ކޯޑިނޭޓަރެއްގެ މަގާމުގައި މަސައްކަތްކުރެއްވި ލ. ދަނބިދޫ، ނިރިލި، އަލްމަރްޙޫމް ޢަބްދުﷲ ޝަރީފް ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ. ޢަބްދުﷲ ޝަރީފް ނިޔާވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަރުޙޫމްގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެން، އިޚްލާޞްތެރި ތައުޒިޔާ ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ޢަބްދުﷲ ޝަރީފަކީ ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން އޭނާއަކީ ލ. ދަނބިދޫގެ ކަތީބުކަމާއި، ހިންގުމުގެ ދާއިރާގެ އެކި މަގާމުތައް ފުރުއްވާފައިވާ ހީވާގި ޚިދުމަތްތެރިއެއްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓު ނިންމަވާލެއްވީ، "މަރުޙޫމަށް މާތްﷲގެ ތަނަވަސް ރަޙުމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކޮށްދެއްވުން އެދި" ދުޢާ ދަންނަވަމުންނެވެ.
މަރްޙޫމް ޢަބްދުﷲ ޝަރީފް ނިޔާވުމާ ގުޅިގެން ރައީސް ޑރ މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

300 × 250







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.