އާންމުންގެ މުދާ ވަގަށް ގެންދިޔައިރު ހިޔާފްލެޓް ސަރަހައްދު ފުލުހުންނަށް ނުބެލެހެއްޓޭނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވި، ނަމަވެސް ކުޑަ ޖަލްސާއެއް ބާއްވަން އުޅޭތީ ފުލުހުންނާއި އެޗްޑީސީ އެލާޓަށް އައިސް ކުރަމުންގެންދާ ކަންތައްތަކުން ފެންނަނީ ވިޔާނުދާ މަންޒަރެއް ކަމަށް ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިހެން ވިދާޅުވީ، އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އެކޯލިޝަނުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހުޅުމާލޭގައި ބާއްވަން އުޅުނު "ކޮތަރު ކޮށި" ބޮޑު ޖަލްސާއަށް ފުލުހުން ހުރަސްއަޅާފައިވާތީ އެކަމަށް ފާޑުވިދާޅުވަމުންނެވެ.

https://twitter.com/alizaid1000/status/1468811914281046017

އިދިކޮޅު ކޮލިޝަނުން ހުޅުމާލޭ ފޭސް ދޭއްގައި ބާއްވަން އުޅުނު ޖަލްސާ ފުލުހުން ހުއްޓުވާފައިވަނީ، އެޖަލްސާއަކީ ހުއްދަ ނުހޯދައި ބާއްވަން އުޅޭ ޖަލްސާއެއް ކަމަށް ހުޅުމާލޭގެ ކަންކަން ބަލަހައްޓަން އަދި ހުޅުމާލޭ ބިމުގެ ވެރިފަރާތް ކަމުގައިވާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މާލެ ސިޓީ ކައުންސިލުން ވަނީ އެޖަލްސާ ހުޅުމާލޭގައި ބޭއްވޭނެ ކަމަށް ބުނެ ހުއްދަ ދީފައެވެ. އަދި އެޗްޑީސީއަށް ރަޖިސްޓްރީ ކޮށްދީފައިވާ ހުޅުމާލެ ބިމުގެ ރަޖިސްޓްރީ ބާތިލުކުރުމަށްވެސް މާލެސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.