1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ސިފައިންގެ ޚިދުމަތާ ގުޅުނު ޒުވާނުން ތަމްރީނު ފުރިހަމަކޮށް ދަސްވެނިވުމަކީ ލިބުނު ބޮޑު ކުރިއެރުމެއް: ރައީސް

photo_6154444267384935359_y
ވަތަނީ ހިދުމަތުގެ ދަރިވަރުން ސިފައިންގެ ހިދުމަތުގައި ދަސްވެނިވިވުން
މަރިޔަމް އަފީފާ
109ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ވަޠަނީ ހިދުމަތުގެ ތެރެއިން ސިފައިންގެ ޚިދުމަތާ ގުޅުނު ޒުވާނުން ތަމްރީނު ފުރިހަމަކޮށް ދަސްވެނިވުމަކީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، ސިފައިންގެ 72 ވަނަ އަސާސީ ތަމްރީނު ކޯހުން ރާއްޖޭގެ 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ 137 ދަރިވަރުން ވަނީ ކާމިޔާބީއާއެކު ދަސްވެނިވެފައިވާތީ އެކަން ފާހަގަކުރައްވާ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

300 × 250

 

 

ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ ޒުވާނުންނަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، އަދި ޤައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ބަޔަކަށް ހެދުމަށް ސަރުކާރުން ފަށާފައިވާ "ދިވެހި ވަޠަނީ ޚިދުމަތް" (މޯލްޑިވްސް ނޭޝަނަލް ސާވިސް) ގެ މަޤްޞަދުތައް ޙާޞިލުވަމުންދާ ކަމަށެވެ.

 

ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ވަޠަނީ ހިދުމަތުގެ މަސައްކަތުގެ ތެރެއިން، ސިފައިންގެ ޚިދުމަތާ ގުޅުނު ޒުވާނުން ތަމްރީނު ފުރިހަމަކޮށް ދަސްވެނިވުމަކީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވަނީ މި ކޯހުން އެކި ވަނަތައް ހާސިލުކުރި ބައިވެރިންނަށް މަރުޙަބާ ދަންނަވައި، ޤައުމީ ޚިދުމަތުގެ މަތިވެރި ސަފުތަކާ ގުޅުނު ހުރިހާ ޒުވާނުންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރައްވާފައެވެ.

300 × 250

ސަރުކާރުގެ އަމާޒަކީ ދިވެހި ޤައުމިއްޔަތުގެ ސިފަތައް އަށަގަނެފައިވާ، މަސައްކަތްތެރި އަދި އަޚްލާޤީ ގޮތުން ނަމޫނާ ޒުވާނުންތަކެއް މުޖުތަމައަށް ނެރުމެވެ. މި ތަމްރީނު ޕްރޮގްރާމްތަކަކީ އެ އަމާޒަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.

 

ސިފައިންގެ 72 ވަނަ އަސާސީ ތަމްރީނު ކޯހުން ރާއްޖޭގެ 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ 137 ދަރިވަރުން ވަނީ ކާމިޔާބީއާއެކު ދަސްވެނިވެފައިވާއިރު މިއީ "ދިވެހި ވަޠަނީ ޚިދުމަތް" އިނީޝަލް ތަމްރީނުގެ ފުރަތަމަ ބެޗު ނިންމައި، އެކި ދާއިރާތަކުން ވަޒީފާ ހޯދުމަށް ހުޅުވާލި ފުރުޞަތުގައި ސިފައިންގެ ޚިދުމަތާ ގުޅުނު ޒުވާނުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި