މާލޭގެ އެކި ސަރަހައްދުތަކުގައި އިޖުތިމާއީ މިންގަނޑުތަކާ ނުބައްދަލު ގޮތަށް ކުރަހާފައިވާ ގްރެފިޓީތައް ނައްތާލުމުގެ ހަރަކާތެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ. މި މަހުގެ 15 ވަނަ ދުވަހު ހިންގި މި ހަރަކާތަކީ ގޭންގު ކުށްތައް ހުއްޓުވުމަށް މަސައްކަތްކުރާ ޔުނިޓާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. މި މަސައްކަތުގެ ތެރެއިން މާލޭގެ މަގުތަކުގެ އިތުރުން ސިނަމާލެ ބްރިޖުގައި ހުރި އެކި ކަހަލަ ކުރެހުންތަކާއި ލިޔުންތައް ވަނީ ފޮހެލާފައެވެ. ސިލްސިލާކޮށް ކުރިއަށް ގެންދަން ނިންމާފައިވާ މި މަސައްކަތުގެ ދަށުން، މާލޭގެ އެހެން ސަރަހައްދުތަކުގައި ހުރި މިފަދަ ތަކެތި ނައްތާލުމުގެ މަސައްކަތްވެސް ސިޓީ ކައުންސިލާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާނެއެވެ. މާލެއަކީ އެންމެންނަށް އަމާން އަދި ރައްކާތެރި މާހައުލަކަށް ހެދުމަށްޓަކައި ފުލުހުންގެ ފަރާތުން ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.
މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފުހުމުގެ މަސައްކަތް ފަށައިފި

300 × 250







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.