ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް މަސްކިރުވި ދޯނިތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން އަށް ލައްކައަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މިފްކޯއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު ޖުމްލަ 29 އުޅަނދަކަށް 841,400 ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ މި ހިނގާ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އެ ކުންފުންޏަށް މަސްކިރުވި ދޯނިތަކަށް ދޫކުރި ފައިސާއެވެ. މިފްކޯއިން މައުލޫމާތު ދޭގޮތުގައި، މި މަހުގެ 14 ވަނަ ދުވަހު ކަޅުބިލަމަސް ކިރުވި 26 ދޯންޏަކަށް 817,800 ރުފިޔާ ވަނީ ޖަމާކޮށްދީފައެވެ. މީގެ އިތުރުން ބޮޑުކަންނެލި ކިރުވި އުޅަނދުތަކަށްވެސް ވަނީ ފައިސާ ދޫކޮށްފައެވެ. އެގޮތުން، 10 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 6 ދޯންޏަކަށް 5,000 ރުފިޔާ ދޫކޮށްފައިވާއިރު، 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 9 ދޯންޏަކަށް 18,600 ރުފިޔާ ވަނީ ޖަމާކޮށްފައެވެ. މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ހަމަޖައްސައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި ވައުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް ލަސްނުކޮށް ފައިސާ ދިނުމުގެ މަސައްކަތް ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ.
މަސްވެރިން ކިރުވި މަހަށްވާ 8 ލައްކައަށްވުރެ ގިނަ ރުފިޔާ މިފްކޯއިން ދޫކޮށްފި

300 × 250







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.