1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
މީހުން

އުމުރުން 12 އަހަރުގައި ސޯލާ އިސްތިރި ގާޑިޔަލެއް އީޖާދު ކުރި ވިނީޝާ: ބަދަލެއް ގެނައުމަށް އުމުރުގެ ބޭނުމެއް ނޯވޭ!

v5
އިންޑިއާގެ ޓެމިލްނާޑޫއަށް ނިސްބަތްވާ ވިނީޝާ އުމާޝަންކަރް
މަރްޔަމް ޝަފާ ސައީދު
291ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިންޑިއާގެ ޓެމިލްނާޑޫއަށް ނިސްބަތްވާ ވިނީޝާ އުމާޝަންކަރް ވަނީ ތިމާވެއްޓާ ރައްޓެހި އާ އީޖާދެއް ދުނިޔެއަށް ތައާރަފްކޮށް، ކޮންމެ އުމުރެއްގެ ކުއްޖަކަށްވެސް ދުނިޔެ ބަދަލުކުރުމުގެ ގާބިލުކަން ހުރިކަން ސާބިތުކޮށްދީފައެވެ. ސްކޫލުން ގެއަށް ދިޔަ މަގުމަތީގައި، އިސްތިރިކުރާ މީހަކު ބޭނުންކުރި ދަރުއަނގުރުތައް އުކާލަނިކޮށް ފެނުމުން، އެކަމާ މެދު ކުރި ދިރާސާތަކަށްފަހު ވިނީޝާ ވަނީ އިރުގެ ހަކަތައިން މަސައްކަތްކުރާ އިސްތިރި ގާޑިޔަލެއް ފަރުމާކޮށްފައެވެ. އޭރު އޭނާގެ އުމުރަކީ 12 އަހަރެވެ. އަދި 14 އަަހަރުގައި އޭނާވަނީ މުޅި ދުނިޔެ ސިއްސުވާލާފައެވެ. ވިނީޝާގެ ދިރާސާތަކުން އެނގުނު ގޮތުގައި އިންޑިއާގައި އެކަނިވެސް 10 މިލިއަނަށްވުރެ ގިނަ އިސްތިރިކުރާ ގާޑިޔާ ހުރެއެވެ. މީގެ ކޮންމެ ގާޑިޔަލަކުން ދުވާލަކު 5 ކިލޯގެ ދަރުއަނގުރު އަންދާއިރު، މިއީ ތިމާވެއްޓަށް ނުހަނު ގެއްލުންހުރި އަދި ގިނަ އަދަދެއްގެ ގަސް ކެނޑުމަށް މަގުފަހިވާ ކަމެކެވެ. ވިނީޝާ އުފެއްދި ސޯލާ ގާޑިޔަލުގެ ސަބަބުން މި ނުރައްކާތެރި ދުމުން މަސައްކަތްތެރިން ސަލާމަތްވުމުގެ އިތުރުން، 5 ގަޑިއިރުގެ އިރުގެ އަލިން 6 ގަޑިއިރު އިސްތިރިކުރުމުގެ ހަކަތަ ފޯރުކޮށްދެއެވެ.

v2v3
300 × 250

މި ގާޑިޔަލަކީ ހަމައެކަނި އިސްތިރިކުރުމަށް ބޭނުންކުރާ އެއްޗެއް ނޫނެވެ. މީގައި ފޯނު ޗާޖުކުރެވޭނެ އިންތިޒާމާއި، އެއްތަނުން އަނެއްތަނަށް ފަސޭހައިން ދެވޭނެ ގޮތް ހުރުމުން މަސައްކަތްތެރިންނަށް އިތުރު އާމްދަނީ ހޯދުމުގެ ފުރުސަތު ލިބިގެންދެއެވެ. ވިނީޝާ ބުނިގޮތުގައި އޭނާގެ މި އީޖާދަކީ އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ 15 ލަނޑުދަނޑީގެ ތެރެއިން 13 ލަނޑުދަނޑިއަކަށް އެހީތެރިވެދޭނެ އުފެއްދުމެކެވެ. ވިނީޝާގެ މި މަސައްކަތް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަނެވިފައިވާއިރު، އޭނާއަކީ މަޝްހޫރު Earthshot Prize ގެ އެންމެ ޒުވާން ފައިނަލިސްޓެވެ. މީގެ އިތުރުން COP26 ސަމިޓުގައި އޭނާ ދުނިޔޭގެ ލީޑަރުންނާ މުހާތަބުކޮށް ދެއްކި ވާހަކަ ވަނީ މުޅި ދުނިޔެއަށް މަޝްހޫރުވެފައެވެ. "އަހަރެން ބޭނުންވަނީ ދުނިޔޭގެ ހުރިހާ ދަރިވަރުންނަށް ސައިންސާއި އީޖާދުތަކަށް ޝައުގުވެރިކަން އުފައްދައި، އަހަރެމެންގެ ވައި، ފެން އަދި ބިން ހިމާޔަތްކުރުމަށް ހިތްވަރު ދޭން،" ވިނީޝާ ބުންޏެވެ.

v4

ވިނީޝާގެ އުންމީދަކީ މި ސޯލާ ގާޑިޔާ އިންޑިއާގައި އުފައްދައި، އަގުހެޔޮކޮށް އޭޝިއާ އާއި އެފްރިކާގެ ގައުމުތަކަށް އެކްސްޕޯޓް ކުރުމެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މިއަދުގެ ޒުވާން ޖީލަކީ މާދަމާގެ ސާފު ތިމާވެއްޓެއް ބިނާކުރާނެ ބައެކެވެ. މޫސުމަށް އަންނަ ބަދަލުތަކަކީ ހަގީގަތެއް ނޫންކަމަށް ގަބޫލުކުރާ ބަޔަކު އަދިވެސް އުޅޭތީ ކަންބޮޑުވާކަން ފާހަގަކުރަމުން ވިނީޝާ ބުނީ، ބަދަލެއް ގެނައުމަށް އެއްވެސް މީހަކީ މާ ކުޑަ ކުއްޖެއް ނޫން ކަމަށެވެ. މިހާރު އުމުރުން 17 އަހަރުގެ ވިނީޝާ އުމާޝަންކަރް އަކީ މިއަދު މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ޝަހުސިއްޔަތެކެވެ. އޭނާ ފަރުމާކުރި އިރުގެ ހަކަތައިން މަސައްކަތްކުރާ އިސްތިރި ގާޑިޔަލާއެކު، ވިނީޝާ ވަނީ ތިމާވެށި ހިމާޔަތްކުރުމަށް އާދަޔާ ހިލާފު މަސައްކަތްތަކެއް ކޮށްފައެވެ.

82

2025 ވިނީޝާ ވިނީޝާގެ މި ކާމިޔާބީތައް ފާހަގަކޮށް އޭނާއަށް ވަނީ ގިނަ އަދަދެއްގެ ޝަރަފުވެރި އެވޯޑްތަކެއް ލިބިފައެވެ. އޭގެ ތެރޭގައި އިންޑިއާ ސަރުކާރުން ދޭ ނޭޝަނަލް ޔޫތު އެވޯޑް (2020-2021) އާއި، ޑރ. އޭ.ޕީ.ޖޭ އަބްދުލް ކަލާމް އިގްނައިޓް އެވޯޑް ހިމެނެއެވެ. މީގެ އިތުރުން 2023 ވަނަ އަހަރުގެ ދަ ޑަޔާނާ އެވޯޑާއި، ރައިޒް ގްލޯބަލް ވިނަރ އެވޯޑްވެސް އޭނާ ވަނީ ހާސިލްކޮށްފައެވެ.

ޔުނިސެފް އިންޑިއާގެ ޒުވާން އެޑްވޮކޭޓެއްގެ ގޮތުގައި ހަރަކާތްތެރިވާ، މިހާރު 17 އަހަރުގެ ވިނީޝާ ވަނީ COP26 ސަމިޓުގައި ދުނިޔޭގެ އިސްވެރިންނާ ބައްދަލުކޮށް، ތިމާވެށި ރައްކާތެރިކުރުމުގައި ޒުވާން ޖީލުގެ ހިއްސާ ބޮޑުކަން ބަޔާންކޮށްދީފައެވެ. އޭނާ ދެއްވި މި ތަގުރީރަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑު މަގުބޫލުކަމެއް ލިބި، އާ އީޖާދުތައް ކުރާ ޒުވާނުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެކެވެ.077"އަޅުގަނޑުގެ އީޖާދު ކަމަށްވާ 'ސޯލާ އައިރަނިންގ ކާޓް' އަށް، އެންމެ ފުރަތަމަ ބޭއްވޭ އާތުޝޮޓް ޕްރައިޒްގެ ފައިނަލިސްޓަކަށް ވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ޝަރަފެކެވެ. އިރުގެ ހަކަތައަކީ އިންޑިއާގައާއި މުޅި ދުނިޔޭގައިވެސް ބޮޑު ކުރިއެރުމެއް ހޯދިދާނެ ކަމެކެވެ. އަޅުގަނޑުގެ މި އީޖާދުގެ ސަބަބުން އިސްތިރިކުރާ މީހުންނަށް އެހީތެރިކަން ލިބުމުގެ އިތުރުން، ތިމާވެއްޓަށްވެސް ބޮޑު ފައިދާއެއް ކުރާނެ ކަމަށް އުންމީދު ކުރަމެވެ." "އެންމެ ހަގު ފައިނަލިސްޓުގެ ހައިސިއްޔަތުން، އަޅުގަނޑު ބޭނުންވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ދަރިވަރުން ސައިންސަށް ޝައުގުވެރިކަން އުފައްދައި، އަޅުގަނޑުމެންގެ ވައި، ފެން އަދި ބިން، އިންސާނުންނާއި، ޖަނަވާރުންނާއި އަދި ގަސްގަހާގެއްސަށްޓަކައި ރައްކާތެރިކުރުމަށް ބޭނުންވާ އީޖާދުތަކާއި ހައްލުތައް ހޯދުމަށް ހިތްވަރު ދިނުމަށެވެ. އަޅުގަނޑުމެންގެ ދުނިޔެއަކީ ސާފުތާހިރު އަދި ފެހި ތަނަކަށް ހެދުމަށްޓަކައި އެންމެ ފުރިހަމަ މަސައްކަތްތައް ބޭނުންވެއެވެ - ބަދަލެއް ގެނައުމަށް ތިބާއީ ދުވަހަކުވެސް މާ ހަގު މީހެއް ނޫނެވެ!" ފައުންޑަރ، ވިނީޝާ އުމާޝަންކަރް، މީގެ 3 އަހަރު ކުރިން ބުނެފައިވާ ވާހަކައެއް"

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި