1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ފުރަތަމަ 6 މަސް ދުވަހުގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ މައްސަލަ!

ފުލުހުންގެ މައި އިދާރާ ޝަހީދު ހުސެއިން އާދަމް ބިލްޑީން
މަރިޔަމް އަފީފާ
50ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މި އަހަރުގެ ފުރަތަމަ ހަ މަސްދުވަސްހުގެ ތެރޭގައި ފުލުހުންނަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތައް ކަން ހާމަވެއްޖެއެވެ.   މިކަން ހާމަވެފައިވަނީ، ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ހުރި ފުލުހުންގެ ތަފާސްހިސާބުތަކުންނެވެ.   ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް 5،599 މައްސަލައެއް ވަނީ ފުލުހަށް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ޖަނަވަރީ މަހު ހުށަހަޅާފައިވާ 1،208 މައްސަލައަކާއި ފެބުރުވަރީ މަހު ހުށަހަޅާފައިވާ 953 މައްސަލައަކާއި މާޗު މަހު ހުށަހަޅާފައިވާ 972 މައްސަލައެއް ހިމެނެއެވެ. އަދި އޭޕްރިލް މަހު 1،020 މައްސަލައެއް ހުށަހަޅައިފައިވާއިރު، މެއި މަހު 1،052 މައްސަލައެއް ހުށަހަޅައިފައިވެއެވެ.  

މީގެ އިތުރުން މި މަހުގެ މިހާތަނަށް 494 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ.

 

300 × 250

އެ ހިސާބުތަކުގައިވާ ގޮތުން އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން އަހަރުގެ މިހާތަނަށް ވައްކަމުގެ 1،606 މައްސަލައެއް ވަނީ ފުލުހަށް ހުށަހަޅާފައެވެ. އެއީ ޖުމްލަ ހުށަހަޅާފައިވާ މައްސަލަތަކުގެ 28.7 އިންސައްތައެވެ.

 

ވައްކަމަށްފަހު ދެން އެންމެ ގިނައިން މި އަހަރު ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ. އެގޮތުން އަހަރުގެ މިހާތަނަށް ޓްރެފިކް އެކްސިޑެންޓުގެ 1,456 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެއީ ހުށަހަޅާފައިވާ މައްސަލަތަކުގެ 26 އިންސައްތައެވެ. ނިމުނު އަހަރު ޓްރެފިކް އެކްސިޑެންޓުގެ ޖުމްލަ 3,478 މައްސަލައެއް ވަނީ ފުލުހަށް ހުށަހަޅާފައެވެ.

 

މީގެ އިތުރުން މި އަހަރުގެ މިހާތަނަށް މަސްތުވާތަކެތީގެ 963 މައްސަލައަކާއި ތަކެތި ގެއްލިގެން ހުށަހަޅާފައިވާ 472 މައްސަލައަކާއި ހަމަލާދިނުމުގެ 302 މައްސަލައެއްގެ އިތުރުން، ތަޅާފޮޅުމުގެ 295 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި ގެވެށި އަނިޔާގެ 164 މައްސަލައަކާއި ޚިޔާނާތްތެރިވުމުގެ 124 މައްސަލައަކާއި ޖިންސީ ކުށްތަކުގެ 115 މައްސަލައެއްގެ އިތުރުން ފޭރުމުގެ 80 މައްސަލައަކާއި ހުއްދަނެތި ލިޔެކިޔުމާއި ތަކެތި އުފެއްދުމުގެ 22 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.


300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި