1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އެމްޓީސީސީގެ 'ހުނަވަރު' ޕްރޮގްރާމުގެ ދަށުން މެކޭނިކް އެޕްރެންޓިސްޝިޕަށް ހުޅުވާލައިފި

Screenshot 2026-06-18 194920
އެމްޓީސީސީގެ 'ހުނަވަރު'ގައި ބައިވެރިވުމަށް ހުޅުވާލައިފި
މަރިޔަމް އަފީފާ
92ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޯމޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕަނީ (އެމް.ޓ.ީސ.ީސީ)ގެ 'ހުނަވަރު' ޕްރޮގްރާމްގެ ދަށުނ،ް މެރިން
މެކޭނިކް އެޕްރެންޓިސްޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.

 

މި ޕްރޮގްރާމްގެ ދަށުން އެމ.ްޓ.ީސ.ީސީގެ އާފްޓަރސޭލްސް ވޯކްޝޮޕްގައި މަސައްކަތް ކުރުމަށް 10 ފުރުޞަތު ވަނީ ހުޅުވާލެވިފައި ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ.

300 × 250

މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ މެރިން އިންޖީނު މަރާމާތުކުރުމާއި ބެލެހެއްޓުމުގެ ދާއިރާއިން ބޭނުންވާ ފަންނީ ޢިލްމާއި
ޢަމަލީ ތަޖުރިބާ ޒުވާނުންނަށް ފޯރުކޮށްދިނުމެވ.ެ މިގޮތުނ،ް އެމ.ްޓ.ީސ.ީސީގެ އިންޖިނިއަރިންގ އަދި ސަރވިސް އޮޕަރޭޝަންތަކުގެ
ތެރޭގައި ޢަމަލީ ގޮތުން މަސައްކަތްކޮށ،ް ދާއިރާގެ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ބައިވެރިންނަށް ލިބިގެންދާނެއެވެ. މި ޕްރޮގްރާމުގެ
ބައެއްގެ ގޮތުނ،ް އެމ.ްޓ.ީސ.ީސީން އިންތިޒާމުކުރާ ސ3ީ (3C)މެރިން މެކޭނިކް ކޯސް ހުރިހާ ބައިވެރިންވެސް ފުރިހަމަކުރަން
ޖެހޭނެއެވެ.

މި އެޕްރެންޓިސްޝިޕަށް ކުރިމަތިލާ ފަރާތަކީ އޯލެވެލް ފެންވަރަށް ތަޢުލީމު ފުރިހަމަކޮށްފައިވާ ފަރާތަކަށް ވާންޖެހޭއިރު، ޕްރޮގްރާމަށް ހޮވޭ ބައިވެރިންނަށް އެޕްރެންޓިސްޝިޕްގެ މުއްދަތުގައި މަހަކު 8,000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވެސް ވަނީ
ހަމަޖެހިފައެެ. މި ޕްރޮގްރާމަށް ކުރިމަތިލުމުގެ އެންމެ ފަހު ސުންގަޑިއަކީ 22 ޖޫން 2026 އެވެ.

މިއީ ރާއްޖޭގެ ކަނޑުދަތުރުފަތުރާއި އިންޖިނިއަރިންގ ދާއިރާއިން ފަންނީ ދިވެހިން ބިނާކުރުމަށާއ،ި މި ދާއިރާއިން ކުރިއަށްދާން
ބޭނުންވާ ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް އެމ.ްޓ.ީސ.ީސީން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ
ޕްރޮގްރާމެއް ކަމަސް އެކުންފުނިން މައުލޫމާރު ދީފައިވެއެވެ.

 

މެރިން ދާއިރާގެ ފަންނީ މީހުން ތަމްރީންކޮށް އުފައްދާ ކުންފުންޏެއް ގޮތުގައި އަބަދުވެސް
މަސައްކަތްރުމުގެ އިތުރުން މިފަދަ ހުނަރުވެރި މީހުން ބިނާކޮށް މި ދާއިރާ އިތުރަށް ތަރައްޤީކޮށް ފުޅާކޮށްދޭ ކުންފުންޏެއް
ގޮތުގައި ދެމިތިބުމަކީ އެމްޓީސީސީގެ އަމާޒެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި