މިއަދަކީ ސަރުކާރު ބަންދު ދުވަހެއް ނަމަވެސް ހަލާކުވާ ޒާތުގެ މުދާ ކްލިއަރކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ޕޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން ހާމަކުރައްވައިފިއެވެ. އެމްޕީއެލްއިން މީސްމީޑީޔާގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރައްވާފައިވާ ގޮތުގައި، އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ ބާވަތްތައް މާލެ ވިޔަފާރި ބަނދަރުން ކްލިއަރކުރުމަށް އެ ކުންފުނިން އަމަލުކުރާ ޚާއްސަ އުސޫލުގެ ދަށުން މިއަދު މެންދުރު ފަހު 15:30 އިން ފެށިގެން މިރޭގެ 23:30އާއި ހަމައަށް މުދާ ކްލިއަރ ކުރުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށެވެ. އެމްޕީއެލްއިން ބަންދު ދުވަސްތަކުގައިވެސް ޕެރިޝަބަލް ގްޑްސް ކްލިއަރ ކުރަނީ ވިޔަފާރިވެރިންނަށް ގެއްލުން ނުލިބޭނެހެންނެވެ. އެހެނީ އެ ބަވާތުގެ ތަކެތި އަވަހަށް ހަލާކުވުމުން ދެން ނުވިއްކޭނެތީއެވެ. މިދިޔަ ހަފްތާގަައިވެސް އެމްޕީއެލްއިން ވަނީ 1823 ޓީއީޔޫސް އަންލޯޑްކޮށް 1692 ޓީއީޔޫސް ލޯޑްކޮށްފައިއެވެ. އެގޮތުން މިދިޔަ ހަފްތާގައި ހަލާކުވާ ޒާތުގެ މުދަލުގެ 51528 ޕެކޭޖުވަނީ ކްލިއާރކޮށްފައެވެ.
ސަރުކާރު ބަންދަސް މިއަދުވެސް ހަލާކުވާ ޒާތުގެ މުދާ ކްލިއަރކުރުމުގެ މަސައްކަތް ކުރިއަށް ދާނެ: އެމްޕީއެލް

300 × 250







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.