1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އިތުރަށް ފުޅާކުރަނީ!

Screenshot 2026-06-20 113830
ތިނަދޫ ސިޓީ ހައުސިން މަޝްރޫއު
މަރިޔަމް އަފީފާ
261ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބޯހިޔަވަހިކަމގެ ސިޔާސަތު ފުޅާކޮށް، ރަށްރަށުގައި ބޯހިޔާވަހިކަމުގެ އިތުރު ސްކީމްތަކެއް އިފްތިތާޙްކުރުމަށް ތައްޔާރުވެއްޖެއެވެ.

 

ދައުލަތުގެ މީީޑިޔާ، ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ މިސްކީމްތައް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިފްތިތާޙްކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

300 × 250

 

މި ސްކީމުތަކުގެ މަގްސަދަކީ، މާލެ ސަރަޙައްދަށް ގިނަ ބަޔަކު ބަދަލުވަމުންދާ ސަބަބުތަކުގެ ތެރޭގައި އެކަށީގެންވާ ދިރިއުޅުމަކަށް ބޭނުންވާ ބޯހިޔާވަހިކަން އަމިއްލަ ރަށުގައި ނުވަތަ އަތޮޅުން ލިބެން ނެތުމުން ރަށުގައި ދިރިއުޅުން ކުރިއަށް ގެންދަން ބޭނުންވާ ރައްޔިތުންނަަށް އެކަން ފަހިކޮށްދިނުން ކަމަށް އެ މިނިސްޓްރީއިން ހާމަކުރައްވައެވެ.

 

ނާޒިމް ވިދާޅުވީ މިމަޝްރޫޢުތައް ހިންގުމަށް ވިސްނަމުންދަނީ 2 މޮޑެލްއަކަށް ކަމަށެވެ. އެގޮތުން އަގުހެޔޮކޮށް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނެހެން ތަރައްޤީކުރާ އެފޯޑަބަލް ހައުސިންގއާއި މާލީ އިދާރާތަކުގެ ފައިނޭންސިންއަށް ކުރިމަތިލެވޭނެ ނިޒާމެއް ޤާއިމުކޮށް އަމިއްލަ ގޯތީގައި ގެދޮރުބިނާކުރުމުގެ ސްކީމްތަކެއް މީގެތެރޭގައި ހިމެނޭކަމަށް ވިދާޅުވިއެވެ. މިއާއެކު ކޮންމެ ރައްޔިތަކަށްވެސް ބޭނުންވާ ފެންވަރުގެ ހައުސިންގއަށް ކުރިމަތިލުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް ވިދާޅުވިއެވެ.

 

މިއާއެކު ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގަންނަވާފައިވާ ފަދައިން މިދައުރުގެ ތެރޭގައި ވަރަށް ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. ސަރުކާރުން ރަށްރަށުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އެފޯޑަބަލް ހައުސިންގެ މައިގަނޑު ބޭނުމަކީ ރިސޯޓުތަކަށް ވަޒީފާގައި އުޅޭ ފަރާތްތަކަށްވެސް މަސައްކަތްކުރާ ސަރައްޙައްދުގައި ޢައިލާއެއް ބިނާކޮށް ގެދޮރުވެރިކަން ފަސޭހައިން ލިބެން ހުންނާނެކަން ކަށަވަރުކުރުމަށްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ހަމައެއާއެކު ގެދޮރުވެރިކަން ފަހިކޮށްގެން ރަށްރަށުގައި ދިރިއުޅެން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދީ މާލެ ސަރަޙައްދަށް ބަރޯސާވުމުގެ ބަދަލުގައި، އަރބަން ސެންޓަރުތަކެއް ތަރައްޤިކުރުމަށް ސަރުކާރުން ނިންމަވާފައިވާ ސަރަޙައްދުތަކަށްވެސް ރައްޔިތުންނަށް ބަދަލުވުމުގެ ފުރުސަތު ފަހިކޮށްދިނުމަށްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި