1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މަސް ފިނިކޮށް ބެހެއްޓޭނެ ކެޕޭސިޓީ 25،000 ޓަނަށް އިތުރުކުރުން، ސަރުކާރުގެ އަމާޒު

Screenshot 2026-06-20 120730
ދ.މީދޫގައި ގައިމުކުރި އައިސް ޕްލާންޓު ހުޅުވުމުގެ ތެރެއިން/ ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
މަރިޔަމް އަފީފާ
112ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިވެހިރާއްޖޭގައި މަސް ފިނިކޮށް ބެހެއްޓޭނެ ކެޕޭސިޓީ 25،000 ޓަނަށް އިތުރުކުރުމަކި މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒުކަމަށް ހާމަކުރައްވައިފިއެވެ.

 

ދައުލަތުގެ މީޑިޔާ، ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގައި މަސް ފިނިކޮށް ބެހެއްޓޭނެ ކެޕޭސިޓީ ހުރީ 9500 ޓަނުގައި ކަމަށެވެ. ނަމަވެސް މި ސަރުކާރުން އަމާޒު ހިފާފައިވަނީ މި އަދަދު 25،000 ޓަނަށް ބަދަލުކުރުމަށް ކަމަށާ އެ އަމާޒަށް ވާސިލްުވުމަށް ސަރުކާރުން ވަރަށް ބޮޑެތި، މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ. ސަރުކާރުގެ އުއްމީދަކީ 2027ގެ ނިޔަލަށް މި ޢަމާޒަށް ވާސިލުވުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

300 × 250

 

25000 ޓަނަށް މަސް ފިނިކުރުމުގެ ކެޕޭސިޓީ ފުޅާކުރަން ކުރާ މަސައްކަތުގެ ތެރެއިން ތިނަދޫ ސިޓީގައިއާ ގދ. ފިޔޯރީ، ފ. ނިލަންދޫއާ ފުނައްޑޫގެ އިތުރުން ފެލިވަރު އަދި ކޫއްޑޫގައި ވެސް ކޯލްޑް ސްޓޯރޭޖްތައް ދަނީ ގާއިމުކުރަމުންނެވެ.

 

އެގޮތުން ތިނަދޫ ސިޓީގައި ޤާއިމުކުރާ 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް މި އަހަރުގެ ފަހު ކުއާޓަރުގައި އަދި މުލަކަތޮޅު މުލަކުގައި ޤާއިމުކުރާ ފެސިލިޓީ މިއަހަރުގެ ޑިސެންބަރު 10އަށް ނިންމާނެކަމަށް މުއްޠަލިބް ވިދާޅުވިއެވެ. އަދި ފެލިވަރާ ކޫއްޑޫގައި ކޮންމެ ފެސިލިޓީއެއްގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖު ގާއިމުކުރެއެވެ.

 

މީގެއިތުރުން ގދ.ފިޔޯރީގައި 3000 ޓަނު، ފ.ނިލަންދޫގައި 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ފުނައްޑޫގައި ތަރައްޤީކުރާ 1300 ޓަނުގެ ކޯލްޑް ސްޓޯރޭޖާއެކު، ސަރުކާރުން ކަނޑައެޅި ޢަމާޒަށްވުރެވެސް އިތުރަށް ފެސިލިޓީތައް ތަރައްޤީކުރެވޭނެ ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

300 × 250

 

މަސް ފިނިކޮށް، ރައްކާކުރެވޭނެ އެކަށީގެންވާ ނިޒާމުތައް ނެތުމަކީ މަހަށް ހަމަ އަގު ހޯދުމަށް އޮތް އެންމެ ބޮޑު ހުރަސްކަމަށްވާިއރު، މި ފެސިލިޓީތަކާއެކު، ރާއްޖޭގައި މަސް ރައްކާކޮށް، ވާދަވެރި ބާޒާރެއްގައި އަގު ހުށައަޅައިގެން އެންމެ ބޮޑު އަގެއް ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށެވެ.

 

މުއްޠަލިބް ވިދާޅުވީ މި ބަދަލު ވެގެންދާނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އަންނާނެ އެންމެ ބޮޑު އަދި އެންމެ ހެޔޮ ބަދަލުކަމަށެވެ.

 

މިހާރު އޮން ައުސޫލުން މަސް ރައްކާކުރެވޭނެ ޖާގަ ނެތުމުގެ ސަބަބުން، އެންމެ އަވަހަށް ހުށައަޅާ އަގުގައި ބޭރުގެ ކުންފުނިތަކަށް މަސް އެކްސްޕޯޓް ކުރަން މަޖުބޫރުވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި