2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް "ޖޭ" ގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި އޮސްޓްރިއާ 2-0 އިން ބަލިކޮށް، އާޖެންޓީނާ މުބާރާތުގެ ނޮކައުޓް ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. މި މެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ ދެ ލަނޑު ޖަހައި، ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.
އެމެރިކާގެ ޑަލަސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 38 ވަނަ މިނެޓުގައި މެސީ ޖެހި ފުރަތަމަ ލަނޑާއެކު އޭނާ ވަނީ ޖަރުމަނުގެ ކުރީގެ ފޯވާޑް މިރޮސްލާވް ކްލޯސާގެ 16 ލަނޑުގެ ރެކޯޑް މުގުރާލާފައެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި މެސީ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، ވޯލްޑް ކަޕްގައި ޖެހި ޖުމްލަ ލަނޑުގެ އަދަދު 18 އަށް އިތުރުކޮށްފައެވެ.
މި މެޗުގެ ކުރީކޮޅު މެސީއަށް ރެކޯޑް މުގުރާލުމަށް ޕެނަލްޓީއަކުން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، މެސީގެ ޕެނަލްޓީ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. އެހެންނަމަވެސް، ފަކުންޑޯ މެދީނާ އާއި ތިއާގޯ އަލްމާޑާ އުފެއްދި ރީތި ފުރުސަތަކުން މެސީ ވަނީ އޭނާގެ ހުނަރުވެރިކަން ދައްކާލައި، ވާތު ފައިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.