1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އެމްޓީސީސީއިން ތަރައްގީ ކުރާ ތުލުސްދޫ ފުލުހުންގެ މަރުކަޒު ސަރަހައްދުގައި ފެންސް ޖަހަނީ

photo_6183896017774776266_y
ތުލުސްދޫގައި އަޅާ ފުލުހުންގެ މަރުކަޒު ސަރަހައްދު
މަރިޔަމް އަފީފާ
77ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އެމްޓީސީސީއިން ތަރައްގީ ކުރާ ކ. ތުލުސްދޫ ފުލުހުންގެ މަރުކަޒު ސަރަހައްދުގައި ފެންސް ޖަހަން ފަށައިފިއެވެ.

 

އެމްޓީސީސީއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސައިޓުގެ ސެޓަޕް ނިމި، އެސަރަހައްދުގައި ފެންސް ޖެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

300 × 250

 

މި މަޝްރޫއުގެ ދަށުން ވަށައިފާރު ރޭނުމާއި، އޮފީސް އިމާރާތެއް ހެދުމާއި، ގައިދީން ބައިތިއްބާނެ ތަނެއް ހެދުމާއި، ގަރާޖެއް ހެދުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.

 

މިއީ 38.91 މިލިއަން ރުފިޔާއަށް 360 ދުވަސް ތެރޭ ނިންމަން ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

 

ތުލުސްދޫ ފުލުހުންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

 

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންދަނީ ތަރައްގީގެ މިފަދަ އެތައް މަޝްރޫއެއް އަތޮޅު ތެރޭގެ އެކި ސަރައްދުގައި ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދަމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި