1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ސްކޫލްތަކުގެ ނަން ބޭނުންކޮށްގެން ޔޫނިއަން އުފެއްދުމަކީ ގާނޫނާ ހިލާފް ކަމެއް: ވަޒީރު ޝަފީއު

fl
ތައުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު----
މަރްޔަމް ޝަފާ ސައީދު
83ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ސްކޫލްތަކުގެ ނަން ބޭނުންކޮށްގެން ޔޫނިއަން އުފެއްދުމަކީ ގާނޫނާ ހިލާފް ކަމެއް ކަމަށާއި، އެފަދަ ޔޫނިއަންތައް ހަދައިގެން ސްކޫލްތަކުގެ ތެރޭގައި ހަރަކާތް ހިންގަން ފުރުސަތު ނުދެއްވާނެ ކަމަށް ތައުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު, މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރު މައުރޫފް ސުވާލު ކުރެއްވީ އިސްކަންދަރު ސްކޫލުގެ ޓީޗަރުން "އިސްކަންދަރު ވޯކް ޔޫނިއަން" ގެ ނަމުގައި އުފެއްދި ޔޫނިއަން ބަލައިނުގަންނާނެ ކަމަށް މިނިސްޓްރީން އެންގި މައްސަލައާ ގުޅޭގޮތުންނެވެ.

ވަޒީރު ވިދާޅުވީ ދިވެހި ދައުލަތުގެ މުއައްސަސާއެއްގެ ނަމެއް ނުވަތަ އެފަދަ ކަމަކާ އޮޅުން އަރާފާނެ ނަމެއް ޔޫނިއަނަކަށް ނުކިޔޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ސްކޫލްތަކަކީ ހާއްސަ ސިފަތަކެއް ލިބިގެންވާ ތަންތަން ކަމަށްވުމުން، އެތަންތަނުގެ މަސްލަހަތަށް އެންމެންވެސް ވިސްނަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

300 × 250

"މުދައްރިސުންނަކީ ގައުމު ބިނާކުރާ މޭސްތިރިން، އާރުކާޓީން. މި މަޖިލީހުގައި މުދައްރިސުން ކުރާ މަސައްކަތަށް އައްސަރިބަހާއި ސާބަސް ދެން،" ވަޒީރު ވިދާޅުވިއެވެ. މުދައްރިސުންނަކީ ތައުލީމީ ދާއިރާގެ އެންމެ މުހިންމު މަސައްކަތްތެރިންކަން ފާހަގަކުރައްވަމުން، މި ސަރުކާރުން މުދައްރިސުންގެ މަސައްކަތުގެ އަގު ވަޒަންކޮށް އެކަށީގެންވާ މަސައްކަތު މާހައުލެއް ބިނާކުރަމުންދާ ކަމަށްވެސް ވަޒީރު ޝަފީއު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މުދައްރިސުންގެ ހައްގުތަކަށް ވަކާލާތު ކުރުމަށް ޓީޗާސް އެސޯސިއޭޝަންގެ ނަމުގައި ޖަމިއްޔާއެއް އޮންނަ ކަމަށާއި، އެ ޖަމިއްޔާއާ މިނިސްޓްރީން ގާތް ގުޅުމެއް ބާއްވާ ކަމަށެވެ. ނަމަވެސް ވަކިވަކި ސްކޫލްތަކުގެ ނަން ބޭނުންކޮށްގެން ޔޫނިއަން އުފެއްދުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެފަދަ ނަމެއްގައި ޔޫނިއަން ރަޖިސްޓްރީ ކޮށްދިނުމަކީ ރަނގަޅަށް ކުރި ކަމެއް ކަމަށް ނުދެކޭ ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލަ ރަޖިސްޓްރާއަށް ހުށަހަޅަން ތައުލީމީ ވުޒާރާއިން ތައްޔާރުވަމުންދާކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، ސްކޫލްގެ ޕްރިންސިޕަލް އަމަލުކޮށްފައިވަނީ މިނިސްޓްރީން ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް ކަމަށެވެ. އަދި ސްކޫލްތަކުގެ ތެރޭގައި ވަކިވަކި ޔޫނިއަންތައް ހަދައިގެން ހަރަކާތްތައް ހިންގުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެ ވަޒީރު ވަނީ އެކަން ސާފުކޮށްދެއްވާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި