ރާއްޖެ އާއި ވޯލްޑް ބޭންކާ ދެމެދު ޒަމާނުއްސުރެ އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކުރިއަށް ދިޔައީ، ރާއްޖެއަށް މިހާރު ޒިޔާރަތްކުރައްވަައިގެން އުޅުއްވާ ވޯލްޑް ބޭންކްގެ ޓީމް، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރާ ބުދަ ދުވަހު ކުރެއްވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ. ފިނޭންސް މިނިސްޓްރީއިން ހާމަކުރައްވާފައިވާ ގޮތުގައި، ވޯލްޑް ބޭންކާ ރާއްޖެއާ، ދެ ފަރާތަށް ފައިދާހުރި ތަރައްޤީގެ މަޝްރޫޢުތައް ކުރިއެރުވުމާއި ތަރައްޤީގެ ފައިނޭންސިން ފުރުޞަތުތައް ފުޅާކުރުމާއި ޕްރައިވެޓް ސެކްޓާ ކުރިއެރުވުމާއި އިޤުތިޞާދީ ގުޅުންތައް ވަރުގަދަކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ.
މީގެ އިތުރުން ރާއްޖޭގެ ޤައުމީ ތަރައްޤީގެ އަމާޒުތަކާ ގުޅޭ ބޮޑެތި މަޝްރޫޢުތައް ތަންފީޒުކުރުން އަވަސްކުރުމާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވުނުކަމަށް ވެސް ފިނޭންސުން ހާމަކުރައްވާފައިވެއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.