އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދުވަސް (އެމްއެސްއެމްއީ ޑޭ) ފާހަގަކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އިރުޝާދުގެ ދަށުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ފުޅާދާއިރާއެއްގައި ހަރަކާތްތަކެއް ހިންގުމަށް ނިންމައިފިއެވެ. ޖޫން މަހުގެ 27 ވަނަ ދުވަހު ފާހަގަކުރާ މިއަހަރުގެ އެމްއެސްއެމްއީ ދުވަހާ ގުޅޭ ތަފްސީލުތައް ބީސީސީން މިހާރު ވަނީ މީޑިއާއާ ހިއްސާކޮށްފައެވެ. ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގާ "އެމް.އެސް.އެމް.އީ ބިޔޯންޑް" ބީސީސީން ބުނި ގޮތުގައި މި ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، އަލަށް ވިޔަފާރީގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް މަގުދައްކައިދިނުމެވެ. އެގޮތުން "އެމް.އެސް.އެމް.އީ ބިޔޯންޑް" ގެ ނަމުގައި ރާއްޖޭގެ އެކި ރަށްރަށުގައި ހުރި ބިޒްނަސް ސެންޓަރުތައް މެދުވެރިކޮށް ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންދާނެއެވެ. މި ސެޝަންތަކުގައި ވިޔަފާރި ފަށާނެ ގޮތާއި، އަމަލީ ގޮތުން ވިޔަފާރި ހިންގުމުގައި ހުރި ގޮންޖެހުންތަކާއި، ކާމިޔާބު ވިޔަފާރިވެރިންގެ ތަޖުރިބާ ހިއްސާކުރުން ހިމެނެއެވެ. ކ. ހުރާގައި ބާއްވާ ހާއްސަ ހަރަކާތް އެސްއެމްއީ ޑިޖިޓަލް އާއި ކ. ހުރާ ކައުންސިލް ގުޅިގެން އެ ރަށުގައި ހާއްސަ ހަރަކާތެއް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. ހޮނިހިރު ދުވަހުގެ ހެނދުނު 9:30 އިން ހަވީރު 4:00 އަށް ކުރިއަށްދާ މި ހަރަކާތުގައި، ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަމުގެ ފުރުސަތުތަކާއި، ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ފޯރުކޮށްދޭނެއެވެ. މިއީ އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. އައު ވިޔަފާރި ހިޔާލުތަކަށް "އެމް.އެސް.އެމް.އީ ޕިޗް އަޕް" އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން "އެމް.އެސް.އެމް.އީ ޕިޗް އަޕް" ގެ ނަމުގައި ބީސީސީން ވަނީ އައު ޕްރޮގްރާމެއް ތައާރަފުކޮށްފައެވެ. މި ޕްރޮގްރާމުގެ ދަށުން ހޮވާލެވޭ 8 ޓީމަކަށް ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން މެންޓަރިންގ އާއި އިރުޝާދު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ބޭނުމަކީ އައު އުފެއްދުންތައް މާކެޓަށް ނެރުމަށް ބޭނުންވާ ބިޒްނަސް ޕްލޭން ހެދުމާއި، އުފެއްދުންތައް ތަރައްގީކުރުމުގައި ފަންނީ އެހީތެރިކަން ދިނުމެވެ. ހުޅުމާލޭގައި ބާއްވާ "އެމް.އެސް.އެމް.އީ ފެސްޓް" މި ހަރަކާތްތަކުގެ އެންމެ ފޯރިގަދަ ބަޔަކަށް ވެގެންދާނީ ޖޫން 27 ވާ ހޮނިހިރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ "އެމް.އެސް.އެމް.އީ ފެސްޓް" އެވެ. ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ކުރިއަށްދާ މި ފެސްޓިވަލްގައި ކުދި ވިޔަފާރިތަކަށް ހާއްސަ 30 ސްޓޯލެއް ހުންނާނެއެވެ. މީގެ އިތުރުން ކުޑަކުދިންގެ ކުޅިވަރުތަކާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ އިތުރުން ތަފާތު ކާބޯތަކެތީގެ ހިދުމަތް ވެސް މި ފެސްޓިވަލްގެ ތެރެއިން ލިބިގެންދާނެއެވެ. މީގެ އިތުރުން، މުޅި ދުވަހަށް ބަހާލައިގެން "އެމް.އެސް.އެމް.އީ ޑޭ ލައިވް" ގެ ނަމުގައި ޓީވީ ޕްރޮގްރާމްތަކެއް ވެސް ކުރިއަށް ގެންދާނެއެވެ. މި ޕްރޮގްރާމްތަކުގައި ސަރުކާރުން ވިޔަފާރިތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާއި، ވިޔަފާރިވެރިންނަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދުވަސް ފާހަގަ ކުރުމަށް، ބީސީސީ އާއި އެސްއެމްއީ ޑިޖިޓަލް ގިނަ ހަރަކާތްތަކެއް ހިންގަނީ

300 × 250







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.