1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ކުޅިވަރު

މެސީގެ ޖާދޫއާއެކު އާޖެންޓީނާއިން އުރުދުން ބަލިކޮށްފި

Jordan-v-Argentina-Group-J-FIFA-World-Cup-2026
ލިއޮނާޑޯ ބަލެރްޑީ
ނަދީމް އަލީ
172ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި، ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއިން 3-1 ގެ ނަތީޖާއަކުން އުރުދުން ބަލިކޮށްފިއެވެ. އެމެރިކާގެ ޑަލަަސްގައި ކުޅުނު މި މެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި، މި މުބާރާތުގައި އޭނާގެ ހަވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި އާޖެންޓީނާއިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 19 ވަނަ މިނެޓުގައި ޖިއޮވާނީ ލޮ ސެލްސޯ ހިތްގައިމު ހިލޭ ޖެހުމަކުން ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިންއިރު، 31 ވަނަ މިނެޓުގައި ލައުޓާރޯ މާޓިނޭޒް ވަނީ ޕެނަލްޓީއަކުން ނަތީޖާ 2-0 އަށް ބަދަލުކޮށްފައެވެ.
މި މެޗަށް ނުކުތްއިރުވެސް ގްރޫޕުގެ އެއްވަނަ ކަށަވަރުވެފައި އޮތުމުން، އާޖެންޓީނާގެ ކޯޗު ލިއޮނަލް ވަނީ ޓީމަށް ނުވަ ބަދަލެއް ގެނެސްފައެވެ. އަދި މެސީ ބެންޗުގައި ބޭނުންކުރިއިރު، އޭނާ ކުޅެން އެރީ މެޗުގެ 60 ވަނަ މިނެޓުގައެވެ.

މުބާރާތުން ކަޓާފައި އޮތް ނަމަވެސް، އުރުދުންގެ ޓީމުން ވަނީ ދެވަނަ ހާފުގައި ހިތްވަރުގަދަ ކުޅުމެއް ދައްކާފައެވެ. އެގޮތުން 55 ވަނަ މިނެޓުގައި މޫސާ އަލްތަމާރީ ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. ނަމަވެސް، މެޗުގެ 80 ވަނަ މިނެޓުގައި މެސީ ވަނީ ފްރީކިކަކުން އާޖެންޓީނާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މިއީ ވޯލްޑް ކަޕްގެ ޖެހިޖެހިގެން ހަތް މެޗުގައި އޭނާ ލަނޑު ޖަހައި، އާ ރެކޯޑެއް ގާއިމުކުރި ލަނޑެވެ.

300 × 250

މި ލަނޑާއެކު މެސީ މިހާރު އުޅެނީ ރަން ބޫޓުގެ ރޭހުގައި ކީލިއަން އެމްބާޕޭ، އޮސްމާން ޑެމްބެލޭ، ވިނީޝިއަސް ޖޫނިއާ އަދި އާލިން ހާލަންޑަށްވުރެ ދެ ލަނޑު ކުރީގައެވެ.

މުބާރާތުގެ ގަދަ 32 ގެ ބުރުގައި އާޖެންޓީނާ ދެން ބައްދަލުކުރާނީ ކޭޕް ވާޑްއާއެވެ. މި މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު މިއާމީގައެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި