1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އަމާންދޯދި ފްލެޓުން ވެއްޓުނު ކުއްޖާ ވެންޓިލޭޓަރުން ނަގައިފި

l_2026_05_20_050405_xdkt1gpc6mwijsy54vbnfz897eo3q2ahulr_EN_
ކުއްޖާ ވެއްޓުނު ސަރަހައްދު
މަރިޔަމް އަފީފާ
223ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހުޅުމާލެ 2 ގައި އަލަށް މީހުން އުޅެންފެށި އަމާން ދޯދި ފްލެޓުން ވެއްޓުނު ކުއްޖާ ވެންޓިލޭޓަރުން ނަގައިފިއެވެ. މި މައުލޫމާތު މީޑީޔާތަކާ ހިއްސާ ކުރައްވާ އައިޖީއެމްއެޗުން ވިދާޅުވެފައިވަނީ، އަމާން ދޯދި ފްލެޓުން ވެއްޓުނު އުމުރުން 16 އަހަރުގެ ކުއްޖާ، މިހާރު ވެންޓިލޭޓަރުން ނަގައި، ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖާ ވެއްޓުނީ އިމާރާތުގެ ފުރަތަމަ ބުރިން، މިދިޔަ އަންގާރަ ދުވަހުގެރެއެވެ.

އެ ކުއްޖާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އައިޖީއެމްއެޗަށް ފަހުން ބަދަލުކުރި އެވެ. އައިޖީއެމްއެޗްގައި އޭނާއަށް ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގައެވެ.

300 × 250

ކުއްޖާ ވެއްޓުނު ރޭ ހުޅުމާލޭ ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލަށް ފުލުހުންގެ އެހީތެރިކަމާ އެކު ކުއްޖާ ގެންދިޔައީ 11:25 ގައި ކަމަށާއި އޭރު ކުއްޖާ ވާހަކަ ދައްކާ ކަމަށާއި ވައިޓަލްސް ސްޓޭބްލް ކަމަށެވެ.

އޭރު ކަރުން ލޭ އަންނަމުން ދިޔަ ކަމަށާއި އެހެންވެ ކުއްޖާއަށް ވާހަކަ ދައްކަން އުނދަގޫ ހާލަތެއްގައި އޮތް ކަމަށް ބުންޏެވެ. ނޭފަތާއި ކަންފަތުން ލޭ އަންނަމުން ދިޔަ ކަމަށާއި ދަތްދޮޅި ވެސް ފަޅައިގެން ގޮސް ފައި އޮތް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެ ހޮސްޕިޓަލުން ބުނީ ކުއްޖާގެ ފައިގެ ފަލަމަސްގަނޑާ ދިމާލުން ބިނދި ކަކޫ ވަރަށް ބޮޑަށް ދުޅަވެފައި ވާއިރު މޫނުމަތިން ވެސް އެކި ކަށިތައް ބިނދިފައިވާ ކަމަށެވެ. ސިކުނޑީގެ ސީޓީ ސްކޭނެއް ހެދި ކަމަށާއި އެެތެރެހައްޓަށް ލޭ އެޅުން ފަދަ ކަމެއް ފާހަގަވެފައި ނެތް ކަމަށް ވެސް ބުންޏެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ހާމަކޮށްފައިނުވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި