1280 × 720 (16:9)
ބުރާސްފަތި20 އޯގަސްޓު 2026
ހުވަދޫ މީޑިއާ
މުނިފޫހިފިލުވުން

ވާހަކަ: ކުލުނެއް ނެތް އެލޯބި - ތިން ވަނަ ބައި

kul2
ފޮންޓް ސައިޒް
އާދައިގެ

ޖެހިގެން އައި ދުވަހު އޭނާ އަމިއްލައަށް ތައްޔާރުވެގެން ސްކޫލަށް ދާން ނިކުތެވެ. އެއްވެސް ބެލެނެވެރިއަކާ ނުލައި އެކަނިމާއެކަންޏެވެ.  ދެރަވެފައި ބާރަށް ފިޔަވަޅު އަޅަމުން ދިޔަ ސާރާއަށް ރޭގައި ބައްޕަ އެބުނި ބަސް ހަނދާން ވުމުން ވަަރަށް ދެރަވިއެވެ. ދެން ކަންތައް ވާނެގޮތެއް ނޭނގެއެވެ.

އެދުވަހު ސްކޫލުގައިވެސް ސާރާއިނީ އެ ފިކުރެއްގައެވެ. އޭނާއަށް ނަފްސާނީ ދުއްތުރާތަކެއް ވާއިރު އޭނާގެ މަންމައަށް އަދި ކަންތައް ވާނީ ކިހިނެއްބާ؟ ވަރަށް ހިތްވަރުކޮށްފައި ސާރާ މަސައްކަތްކުރީ ކްލާހުގައި ތިބި ދަރިވަރުންނާ ޓީޗަރަށްވެސް ހުރިހާ ކަމެއް ސިއްރުކޮށް އޭނާ ހިތުގައި އެކަމެއް ފޮރުވާށެވެ. މި ޅައުމުރުގައިވެސް ބޮޑު އަންހެނެއްގެ އިޙްސާސްތައް ކުޑަ ސާރާއަށް އެނގެއެވެ.

ރެއަކީ ހުކުރު ދުވަހެއްގެ ރެއެވެ. އެއީ ސާރާއަށް ހަތް އަހަރު ފުރުނު ރެއެވެ.  ވީކަމެއް އަދި ބުނި ބަހެއް އެއީ ނުވާކަމަކަށް ހަދައި މަންމަ ހުރީ ބައްޕަގެ އިންތިޒާރުގައި ރޭގަނޑުގެ ކެއުން ތައްޔާރުކޮށްގެނެވެ.  އޭނާއާއި ދިމާއަށް އެރޭ ބުނި ލަފުޒު ބަދަލު ކޮށްލެވޭތޯ ފަޒުނާއަށް ކުރެވުނު ހައިކަމެއް ކުރަނީ ދަރިންނަށްޓަކައިއެވެ. އަދިވެސް ވަގުތު އޮތްވައި ރުޖޫޢަކުރެވޭނެއެވެ. އެކަމަކު އެ ކުލުނު ނަޝީދު ހިތުގައި އުފެދިއްޖެނަމައެވެ.

300 × 250

ދިރިއުޅެން ހުރި ދެފަރާތއް ބަހައި ޕާޓިޝަންޖަހާފައިވާ ކުޑަ އެޕާރޓްމެންޓަކީ މި ޢާއިލާއަށް ދިރިއުޅެން އޮތްތަނެވެ.

ކުޑަ ގޮޅިއެއްވަރު ޖަގަހައަށް ވިއަސް ސާރާ ނޫނީ ފަޒޫވެސް އެއްވެސް ކަމަކާއި ޝަކުވާއެއް ނުކުރެއެވެ. ނަޝީދުގެ ފެންވަރަކީ މި ކުޑަ ގޮޅީގައި އޭނާގެ ޢާއިލާ ގެންގުޅުމެވެ.

ބައްޕަގެ އެއްވެސް ކަމަކަށް ސާރާ ބުރަހިތެއް ނުބޭއްވިއަސް ބައްޕަގެ ލޯތްބާއި އަޅާލުން ނުލިބޭތީ ސާރާ ހިތުގައި ބައިވަރު ސުވާލު އުފެދެއެވެ. އޮފީހުން ބައްޕައައިސް ގެއަށް ވަދެފައި ފެންވަރައި ކާން އަތުވެއްޖެއެވެ. ކުޑަ މޭޒުގައި ދެތިން ވައްތަރެއްގެ ކެއުން ހުއްޓެވެ. އިތުރުން ކޭކެއް ތައްޔާރުކޮށްފައި ހުރީ ސާރާއަށެވެ. އޭނާ އައިސް އިށީނެވެ.

ނަޝީދު:" އަސްތާ. ހާދަ ތިޔާގި ރެއެއް. ފަޒުނާ ވެސް ނަލަހެދިގެން އިނެވެ. އޭނާ މޫނުން ކުރީރޭގައި ވީކަމަކާ ހިނގިހާދިސާ އެއްވެސް ކަމެއް ފެންނަން ނެތް ކަހަލައެވެ. ސާރާ އެއައީ މިރޭ އޭނާއަށް ޓަކައި މަންމަ ކޭކު ތައްޔާރުކޮށްދީފައި ހުރީމައެވެ.

ނަޝީދު:" މީތަ ބާރޓްދޭ ގާރލްއަކީ؟

ޖެހިލުންވެފައި ހުރި ސާރާއަށް ވީގޮތް ނޭނގުނެވެ. ވީ އުފަލުން އައިސް ބައްޕަގައިގާ އޮޅުލާގަތެވެ. އެރޭ މި ކުޑައާޢިލާ ކާންތިބީ އުފަލުގައެވެ. މި ރެއަކީ ސާރާއަށް ހަނދާނުން ކެހިގެން ނުދާ ރެއަކަށް ވިއަސް އިތުރަށް ރޭ ފުރިހަމަވެގެން ދިޔައީ އޭނާ އުއްމީދު ކުރިގޮތަކަށް ނޫނެވެ. މަންމައަށް ކޮށްލެވުނު ސުވާލަކީ އެރޭ ހުރިހާ ކަމެއް ވަޅުޖެހި ފަސްއެޅިގެން ދިޔަފަދަ ކަމެކެވެ. މޭޒުގައި ބޯއަޅައިގެން އޮތް ސާރާއަށް އިތުރަށް ވާހަކަ ކުރިއަށް ގެންދެވޭހާ ހިތްވަރެއް ނުލިބުނެވެ.

300 × 250

އޭނާ ބޯއަޅައިގެން އޮވެ ލޮލުން ކަރުނަ ބާލުވަމުން އޮތްވައި އާސިފު ސާރާ ބޮލުގައި ވަރަށް އޯގާތެރިކަމާ އެ]ޕ'؛ކީ ފިރުމާލިއެވެ.

މައިޝާ:" ސާރާ. ދެން ނުރޮއެ. އެއީ މާޒީ. އެކަން ހަނދާން ނައްތާލާ. އިރާދަކުރެއްވިއްޔާ ސާރާއާ އާސިފަށް ހެޔޮދުޢާ އަހަރެން ކުރާނަން. ސާރާގެ ބަނަވެފައިވާ ހަޔާތުގެ ވާހަކަތައް އަޑު އަހާފައި މައިޝާއަށް ވެސް ކަރުނަހިލުނެވެ. ނަމަވެސް ސާރާގެ ހިތަށް ކޮންމެވެސް ލުޔެއް ލިބުނެވެ. އެކަމަކުވެސް އަދާ ހަމައަށް ވެސް ބައްޕައަށް އެ މަހުރޫމްވީ ކޮން އުފަލެއްކަމެއް ނުއެނގެއެވެ. އެސުވާލު ޖަވާބު އޭނާ ބައްޕަގެ ފަރާތުން ލިބެން އަބަދުވެސް އުއްމީދުކުރެއެވެ.

މަންމަވެސް އަސްލު ހަޤީޤަތް ބުނަން ބޭނުން ނުވަނީ ސާރާއާ އަދި ކޮއްކޮ ޝުހާގެ ހިތް ބައްޕައަށް ބުރަވެ ވޭނުން ބަރުވެފައިވާ ހިތްތަކަށް ނަފްރަތުން ބަރުދަން އިތުރު ވެދާނެތީއެވެ. ކޮންމެ ހާލެއްގައިވެސް މައިންބަފައިންނަކީ ދެދުނިޔޭގައި ވެސް ދަރިންނަށް ލިބޭނެ އުފަލެކެވެ. އަދު ސާރާއަށް ކުރިމަތިލާން ޖެހުނު އެއްވެސް ކަމަކާއި އޭނާ ޝަކުވާއެއް ނުކުރެއެވެ.

އާސިފު:" އޭނ. މިހެން ތިބެވޭކަށް ނެތޭ.

މައިޝާ:" އޯމައިގުޑްނަސް" މިހާރު ބޮސް ދުރުވާނެ. ދުވަހަކީ އޮފީހުގައި ވަރަށް ބުރަކޮށްލާގެން ސްޓާފުން އުޅުނު ދުވަހެކެވެ. އޮފީހުގެ ބޮހަކަށް ހުރި އަންވަރު އެއީ ވަރަށް މީހުނަށް ކަމޭހިތާ ރަނގަޅުވެރިއެވެ. އެފަދަ ވެރިއަކު ކަމަކު ބުންޏަސް ކޮންމެ ސްޓާފަކުވެސް ތިބެނީ އެކަމެއް ކޮށްލައި ނިންމާލަން އިސްނަގައިގެނެވެ. މީހުން އެއްވެފައި ތިބި މީޓިންގް ހޯލުގައި އެއްފަރާތުގައި ހުރީ ވެރިންނަށް ޚާއްސަ ބުފޭތައްޔާރު ކޮށްފައިވާ ކޮޓަރިއެވެ.

ގިނައަދަދެއްގެ ވިޔަފާރިވެރީން އައިސް ބައްދަލުވުންތައް ކުރިއަށް ދިޔައެވެ. ހަމައެހެންމެ ހަވީރު އޮތް ސްޓޭޖު ކުޅިވަރު ބަލައިލާން މެއިން ހޯލުގައި މީހުން އެއްވެފައި ތިއްބެވެ. އެވަގުތު އަންވަރު ކެއުން ނިންމައި އެ ދުރުވީ މެއިން ހޯލަށެވެ. އޭނާގެ އެކުވެރި މިތުރު އަދި ވަގުތުކޮޅަކަށް ހަމަޖެހިލަން ސިނގެރޭޓެއް ބޯން އިނީ އެ ޕްރައިވޭޓް ކޮޓަރީގައެވެ. ސާރާއާ އާސިފު އަދި މައިޝާ ޝޯބަލަން ތިބީ ހަމަޖެހިގެނެވެ.

300 × 250

ކުއްލިއަކަށް ސާރާގެ ފޯނަށް އަންވަރު ބޮސް ކޯލެއް އަންނަކަން ރިންގްވާން ފެށިއެވެ.

ސާރާ:" ލައްބަ. ކޮންކަމަކުތޯ؟ އަދަބުވެރި ކަމާއެކީ އޭނާ ވާހަކަދެއްކިއެވެ.

އަންވަރު:" ސާރާ، އަހަރެން ކުޑަ ވަގުތުކޮޅަކަށް ޖެހިއްޖެ އަނބިމީހާ ގާތައް ޖެހިލަން. ކުޑަސޮރު ހުންއައިސްގެން ހޮސްޕިޓަލަށް ދާން ޖެހިގެން މިދަނީ. ކަމަކު ބުނަން. މައިޝާއާ އާސިފުގާތުގައި ވެސް ބުނެދޭތި އަހަރެން ނެތަސް ހުރިހާ ކަމެއް ރާވާފަ އޮތް ގޮތައް ކުރިއަށް ގެންދަން.

ސާރާ:" ލައްބަ. އެއްވެސް ކަމަކާ ފިކުރުބޮޑު ނުކުރައްވާ. އަޅުގަނޑުމެން ހުރިހާ ކަމެއް ފުރިހަމައަށް ގެންދާނަން އިނގޭތޯ. އަދަބުވެރި އިޙްތިރާމާ އެކީ އޭނާގެ ވެރިމީހާއަށް މުޚާތަބުކުރިއެވެ.

އަންވަރު:" އާނ. އަދި އެއްކަމެއް ކޮށްދީބަލަ؟

ސާރާ:" އަވަަހަށް ނަންގަނޭ.

އަންވަރު:" މިއަދު އައި ޚާއްސަމެހްމާނަށް ކޮފީފޮދެއް ގެންގޮސް އަދި އެއްވެސް ކަމެއް އިތުރަށް ބޭނުން ވަންޏާއި އެކަމެއް ވެސް ފުރިހަމަކޮށްލަ ދޭތި. އެއީ މި ކޮންޕެނީގެ ހިއްސާވާ ފަރާތެއްވީމަ ހުރިހާ ކަމެއް ފުރިހަމައަށް ގެންދަންވާނެ އިނގޭ.

ސާރާ:" ލައްބަ. އެއްވެސް މައްސަލައެއް ނޯންނާނެ. ފޯނު މެދުކެނޑުނެވެ. އޭނާ ޖެހިގެން އިން އާސިފު ހިނިތުންވިއެވެ.

އާސިފު:" ކޮބާ ކަންތައް ރަނގަޅުތަ؟

؛ސާރާ:" އާނ. އަހަރެން އެބަ އަންނަން. މިއަދު ދުރުވި ބޭފުޅާއަށް ކޮފީފޮދު އަރުވާފަ.

މައިޝާ:" އޯކޭ. ތިކަން ނިންމާލާފަ އަންނާތި އަވަހަށް. އިރުކޮޅަކުން ސާނާއާ ޝާނިޔުގެ ޑްރާމާ ފެށޭނެ.

ސާރާ:" އާނ. ހާސްނުވޭ. އެކަން ނިންމާލާފަ މިއަންނަނީ. އޭނާ އަވަސް ފިޔަވަޅުތައް ސައިކޮޓަރިއާ ދިމާއަށް ދިޔައެވެ.

ކޮފީތައްޔާރުކޮށްލައި ފޯންޗާ ޖޯޑު ތަބަކަށް ލައިގެން އެ މެޙްމާނު އިންނެވި ކޮޓަރި ދޮރުމަތީ ހުރެފައި ވަނުމުގެ ކުރީން ދޮރުގައި ޓަކިދީފައި އޭނާ ވަނެވެ.

ހެވިފައި ހުރި އޭނާއަށް ހުއްޓުން އެރީ އެމީހާ ފެނިފައެވެ. އަތްތުރުތުރު އަޅަމުން އޭނާގެ ނަފްސުގަނޑުވި ކަހަލައެވެ.

މީހާ:" އަސްތާ ކޮފީ ގެނައީ ދޯ. އަވަހަށް އައިސް ބަހައްޓާ. ސާރާގެ މޭގަނޑު ގުޑަމުން އެމީހާ އިން މޭޒުގައި ތަބައްބަހައްޓާފައި ދާން ހިނގާގެންނަން އުޅެނިކޮށް އެމީހާ އޭނާ އަތުގައި ހިފެހެއްޓިއެވެ.

އެމީހާ:" ކޮފީފޮދެއް އަޅާދީފަ ދާންވީނުން. އޭނާ ހިންދިރުވާލައި އެމީހެއްގެ މޫނަށް ބަލާވެސް ނުލާހުރެ ކޮފީ ޖޯޑަށް އަޅައި ދާން އުޅެނިކޮށް އެމީހާގެ އެއަތް ކުއްލިއަކަށް ސާރާގެ ފަހަތުން ކޮނޑުގައި އަތްޖައްސާލައި އަތްކާއްތަމުން އުނަގަޑާހަމައަށް ދިޔައެވެ.

އެމީހާ:" ހާދަ އަވަހަކަށް ދަނީ؟ މިއިން ކޮފީފޮދެއް ބޯލައިގެން ދާންވީނުން.

އެ އިވުނު ރާގާއި އަޑުގައި އެހުރީ އޭނާ ދުވަހަކުވެސް އަޑުއަހަން ބޭނުން ނުވާފަދަ ގޮތެކެވެ. މީގެ ކުރިން އޭނާއަށް ނުވާފަދަ ނުބައި ގަދަފަދަ ރުޅިވެރިކަމެއް އިސްކުރެވުނީ ބޭއިޚްތިޔާރުގައެވެ. ދެނެކާދެނެއް ނުބަލައި އެނބުރިފައި އަތުގައި ހުރި ބާރެއް ލާފައި އެމީހެއްގެ މޫނުގައި ޖެހި އެތިފަހަރުން އެމީހާ ހަޅޭއްލަވައި ގޮނޑިން ވެއްޓުނެވެ. ގަދަ ނަފްރަތާ ރުޅިވެރި ކަމުގައި ސާރާ ކަޅިއަޅައިގެން ލޯރަތްވެފައި އެހުރީ އޭނާގެ ނަފްސަށް ކެތްކުރަން އުނދަގުވެގެނެވެ.

އެމީހާ:" ސާބަސް، އެއީ އެވަރުގެ ކަމެއްތަ؟ ތީ ހާދަ ގޮތެއް ފޮތެއް ނެތް ގޮތްކުޑަ އަންހެންކުއްޖެކޭ،

އެމީހާ ދާހިތްލާފައިވާ މޫނު ރަތްކޮށްގެން ނުރުހުންކަމާ އެކީ ތެދުވިއެވެ. ސްމާރޓް ވެފައި އުމުރުން ދުވަސްވީ އެމީހާއަށް ހީކުރެވުނީ އޭނާ ގައިގޯޅިވާން ބޭނުންވާ ކޮންމެ ޒުވާން އަންހެން ކުއްޖަކީ ފަސޭހައިން އޭނާގެ ދަންދުރާ ދަޅާގައި ޖައްސައި ހައްލާލައިގެން އެމަޅީގައި ޖެހޭނެ ޝިކާރައަކަށް ވެދާނެކަމަކަށެވެ. ނަމަވެސް އަދު ސާރާއަކީ އޭނާ މަޅީގައި ދުވަހަކު ވެސް ނުޖެހޭނެ އަންހެންކުއްޖެއްކަން ހާމަވެގެން ދިޔައީ އޭނާގެ މޫނު މައްޗަށް އެރި އެތިފަހަރުގެ ދިލައިންނެވެ.

=ނުނިމޭ=

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި