1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހިންމަފުށީ އައުޓްޑޯ ޖިމްގެ އަމަލީ މަސައްކަތްތައް ނިމިއްޖެ

HMHxTKMbMAAgFTi
ހިންމަފުށީގައި ތަރައްޤިކުރި އައުޓްޑޯ ޖިމް/ ފޮޓޯ: އެމްޓީސީސީ
މަރިޔަމް އަފީފާ
101ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ސަރުކާރުން ކ. ހިންމަފުށީގައި ތަރައްގީކުރި އައުޓު ޑޯ ޖިމްގެ އަމަލީ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.

އެ މަޝްރޫއުގެ އަދާހަމަ ދެއްވާ އެމްޓީސީސީއިން އެކްސްގައި ހާމަކުރެއްވި ގޮތުގައި،

ހިންމަފުށީ އައުޓްޑޯ ޖިމްގެ އަމަލީ މަސައްކަތްތައް ނިމިފައިވަނީ މި ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ. މި މަޝްރޫއު ނިމުމާއެކު މިހާރު ކުރިއަށްދަނީ ޖިމް ރަސްމީކޮށް ހުޅުވުމަށް ވާންޖެހޭ ތައްޔާރީތަކެވެ.

300 × 250

ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމުގެ އަމާޒުގެ ދަށުން، 71 ރަށެއްގައި ޖިމް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ އާރުޑީސީއާ ހަވާލުކޮށްފައެވެ. މީގެ އިތުރުން އެޗްޑީސީންވެސް އަންނަނީ 71 ރަށެއްގައި މި މަޝްރޫއުތައް ހިންގަމުންނެވެ.

މި އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އައުޓްޑޯ ޖިމެއް ގާއިމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. މީގެ އިތުރުން، ކޮންމެ ރަށެއްގައި ކުޑަކުދިންގެ ޕާކެއް ތަރައްގީކޮށްދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވައުދުވެވަޑައިގެންފައެވެ.

މިއީ ރައްޔިތުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް، އާއިލީ ގުޅުންތައް ހަރުދަނާކުރުމުގެ މަގްސަދުގައި ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި