ރާއްޖޭގެ މާލީ ދާއިރާގެ އަގުވަޒަންކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަލަށް ތައާރަފުކުރި "މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑްސް" ގައި ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ "އެކްސެލެންސް އިން ފައިނޭންޝަލް އިންކްލޫޝަން" އެވޯޑު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި އެލައިޑް އިންޝުއަރެންސް ކޮމްޕެނީން ކާމިޔާބުކޮށްފިއެވެ. އެމްއެމްއޭގެ 45 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެވޯޑުތައް ހަވާލުކޮށްފައިވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކަށް މާލީ ހިދުމަތްތައް ފުޅާކޮށް، ހުރިހާ ފަންތިއެއްގެ ރައްޔިތުންނަށް އެ ހިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމުގައި އެ ދެ މުއައްސަސާއިން ކޮށްފައިވާ އިހުލާސްތެރި މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. މޯލްޑިވްސް އިސްލާމިކް ބޭންކަށް މި އެވޯޑު ލިބުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އެމްއެމްއޭ އިން ފާހަގަކުރީ އެ ބޭންކުން ތައާރަފުކުރި "އަޕްލައި ނައު" ޑިޖިޓަލް ޕްލެޓްފޯމެވެ. މި އީޖާދީ ވަސީލަތުގެ ސަބަބުން ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ތަނެއްގައި ތިބެގެން ވެސް ބޭންކިންގ ހިދުމަތްތަކަށް އެދުމުގެ ފުރުސަތު ލިބި، މާލީ މުއާމަލާތްތަކުގައި ބައިވެރިވުމަށް ހުރި ހުރަސްތައް ނައްތާލެވިފައިވާ ކަމަށް އެވޯޑު ޕެނަލުން ފާހަގަކުރިއެވެ. މީގެ އިތުރުން ޝަރީއާގެ ހަމަތަކަށް ފެތޭ ބޭންކިންގ މުޅި ރާއްޖެއަށް ފުޅާކުރުމަށް އެ ބޭންކުން ކުރާ މަސައްކަތް ވެސް ވަނީ ފާހަގަކޮށްފައެވެ. އެލައިޑް އިންޝުއަރެންސަށް މި އެވޯޑު ހޯދައިދިނީ، ރާއްޖޭގެ އިންޝުއަރެންސް ސިނާއަތް ކުރިއަރުވައި، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް މާލީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެ ކުންފުނިން ކުރި މަސައްކަތުންނެވެ. އެގޮތުން، އިންޝުއަރެންސްގެ ހިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތްތައް މެދުވެރިކޮށް، މާލީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއަށް ގިނަ ބަޔަކު ވެއްދުމުގައި އެލައިޑުން ދައްކާފައިވަނީ ނަމޫނާ މަސައްކަތްތަކެއް ކަމަށް އެމްއެމްއޭ އިން ބުނެއެވެ. މި އެވޯޑުތަކަކީ ރާއްޖޭގެ މާލީ ނިޒާމު ޒަމާނީކޮށް، ހަރުދަނާކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރު ދިނުމަށް އެމްއެމްއޭއިން ތައާރަފުކުރި އެވޯޑެކެވެ. ޖުމްލަ ހަތް ދާއިރާއަކުން އެވޯޑު ދީފައިވާއިރު، އޭގެ ތެރޭގައި ޑިޖިޓަލް ފައިނޭންސް، ތިމާވެއްޓާ ރައްޓެހި މާލީ ހިދުމަތްތައް، އަދި ކުދި އާއި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުން ފަދަ މުހިންމު ދާއިރާތައް ހިމެނެއެވެ.
މާލީ ދާއިރާގެ ހިދުމަތްތެރިންނަށް އެމްއެމްއޭ އިންދޭ 'ފައިނޭންޝަލް އިންކްލޫޝަން' އެވޯޑު އެމްއައިބީ އާއި އެލައިޑަށް

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.