ވައިގަދަވާނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ފެށިގެން އދ އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ. ދިވެހިރާއްޖޭގެ މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނީ، މިއަދު 12:15 އިން ފެށިގެން 16:15 އާ ދެމެދަށް ކ އަތޮޅުން ފެށިގެން އދ އަތޮޅަށް ރީނދޫ ސަމާލު ނެރެފައިވަނީ، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ކަމަށެވެ. https://twitter.com/MetMaldives/status/1469925040342720512 އަދި އެސަރަހައްދަށް ކަނޑުތައް ގަދަވާނެ ކަމަށް ވެސް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.
ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބޮޑު ސަރަހައްދަށް ވިއްސާރަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން މީގެ ކުރިން ވަނީ ބުނެފައެވެ.
ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު ލަފާކޮށްފި އެވެ. ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވެނީ މެދުރާއްޖެތެރެ އާއި ދެކުނަށް ކަމަށް ވެސް އެއިދާރާއިން ވަނީ ބުނެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.