2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ވަގަށް ނަގާފައިވާ ކަން ފުލުހުންގެ ރިޕޯޓުން ހާމަވާ ކަމަށް ޕީޕީއެމް އިން ބުނެފިއެވެ. ޕީޕީއެމް އިން ނެރުނު ނޫސްބަޔާނެއްގައި، ބުނީ، 2018 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބު އޮޅުވާލައި، ވަގަށް ނަގާފައިވާކަން އެނގޭފަދަ އެތައް ކަމެއް ހިމެނޭ ރިޕޯޓެއް އިއްޔެގެ ވަގުތެއްގައި ލީކުވެ އާންމުވެފައިވާއިރު، އެ ރިޕޯޓުގައި ދިވެހި ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑެތި ކަންކަން ހުރިކަން ފާހަގަ ކުރެވޭ ކަމަށެވެ. https://twitter.com/ProgressPartyMV/status/1469935227157970945 އަދި މުޅި އިންތިހާބުގައި ކަން ހިގާފައިވާ ގޮތްތަކާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ނުކުތާތަކަށް ބަލާލުމުން، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ނަގަމުން ދިޔައިރާއި، ވޯޓު ނަގާ ނިމި ނަތީޖާތައް ހަދަމުން ދިޔަ އިރު އިންތިހާއަށް ނުފޫޒު ފޯރުވާފައިވާ ކަން ވަރަށް ބޮޑަށް ހާމަވެގެން ގޮސްފައިވާ ކަމަށެވެ.
"އިންތިހާބަށް އޮފިޝަލުން ނަގާފައިވަނީވެސް ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް. އިންތިހާބުގެ މަސައްކަތުގެ ތެރޭގައި އިންތިހާބު އޮޅުވާލުމުގެ އެތައް އަމަލެއް ހިނގާފައިވާކަން ހާމަވޭ. - ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން ބޭރުގެ ފަރާތްތަކާއި ގުޅިގެން މިހާރު ވެރިކަމުގައި ތިބި ކޯލިޝަނުން އެ އިންތިޚާބު ވަގަށް ނަފާފައިވާ ކަން އެޕާޓީން ކުރިންވެސް ހާމަކޮށްފައިވާ ކަމަށާއި، ރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ބޭރުގެ ފަރާތްތަކުން ނުވަނުމަށާއި، ރައްޔިތުންގެ މަސްލަހަތު ހިމެނޭ މިފަދަ ކަންކަމުގައި މިނިވަން މުއައްސަސާތަކުގެ ދައުރު ފުރިހަމައަށް އަދާކުރުމަށް ގޮވާލާކަމަށްވެސް ޕީޕީއެމް އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި އެކަމާއި ގުޅޭ ފުރިހަމަ ތަހުގީގެއް މިހާރުން މިހާރަށް ހިންގުމަށް ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް ގޮވާލާކަމަށްވެސް ޕީޕީއެމް ގެ ބަޔާނުގައި ބުނެފައިވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.