ފ. ފީއަލި ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ފީއަލި ބިން ހިއްކުމުގެ މަޝްރޫއުއަކީ 66،853،846.69 މިލިއަން ފުރިޔާގެ މަޝްރޫއުއެކެވެ.

https://twitter.com/MoNPHImv/status/1469948852090249217

މިމަޝްރޫއުގެ މަސައްކަތް 450 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، މިމަޝްރޫއުގެ ދަށުން 13.8 ހެކްޓަރުގެ ބިން ހިއްކައި، 1606 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.

އޭގެ އިތުރުން 03 މީޓަރުގެ ފަސް ގްރޮއިން ގާއިމް ކުރުމަށްވެސް މިއަދު އެމްޓީސީސީއާ ހަވާލުކުރެވިގެންދިޔަ ފީއަލީ ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.