1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މަރުވެފައިވާ މަންމަ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރި ކަމުގެ މެސެޖް ވެކްސިން ސެންޓަރުން ފޮނުވައިފި

covid-vaccine-pti_0_1200x768
ޢަޒީޒާ އަފީފް
614ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މީގެ އެތައް މަސްކުރިން މަރުވެފައިވާ އަންހެނަކު ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފިކަމަށް ވެކްސިން ސެންޓަރުން މެސެޖް ފޮނުވައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި އިންޑިޔާގެ އުއްތަރަ ޕްރަދޭޝްގެ އުމުރުން 67 އަހަރުވީ މުސްކުޅި އަންހެނަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވަނީ މިއަހަރު އޭޕްރީލް މަހުގައެވެ. ފުރަތަމަ ޑޯޒް ޖެހުމަށްފަހު މާގިނަ ދުވަސް ނުވެ އެއަންހެންމީހާ ވަނީ ނިޔާވެފައެވެ.

އެއަންހެންމީހާގެ ދަރިފުޅާ ހަވާލާދީ އިންޑިޔާގެ ރިޕޯޓްތަކުގައި ބުނެފައިވަނީ މިމަހު 9 ވަނަ ދުވަހު ވެކްސިން ސެންޓަރުން އޭނައަށް ފޮނުވާފައިވާ މެސެޖުގައިވާ ގޮތުން މީގެ އެތައް މަސް ކުރިން މަރުވެފައިވާ އޭނަގެ މަންމަ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފި ކަމަށެވެ.

300 × 250

މިމައްސަލައާއި ގުޅިގެން އުއްތަރަ ޕްރަދޭޝްގެ ޖާންސީ ޑިސްޓްރިކްޓްގެ އިމިޔުނިޒޭޝަން އޮފިސަރު ރަވީ ޝަންކަރު އިންޑިއާގެ މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުގައި އެމައްސަލަ މިހާރު ވަނީ ފުލުހުންގެ ސަމާލު ކަމަށް ގެނެވިފައެވެ. އަދި މިއީ ގަސްދުގައި ނުވަތަ އޮޅުމަކުން ހިގި ކަމެއްތޯ ބަލައި އެމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.

މީޑިޔާ ރިޕޯޓްތައް ތުހުމަތުކުރާ ގޮތުގައި އިންޑިޔާގެ ވިޔަފާރިވެރިން ކޮވިޑް ވެކްސިނާއި ކޮވިޑް ޓެސްޓު ފަދަ ވިޔަފާރިތަކުގައި ބޮޑެތޮ ކޮރަޕްޝަންތައް ދަނީ ހިންގަމުންނެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި