ދިވެހި ސިފައިންގެ މީހަކު އިންޑިއާގައި ތިބި އޭނާގެ އާއިލާގެ ބަޔަކު ކައިރިއަށް ގޮސް އަންހެނަކަށް އަނިޔާކުރި ކަމުގެ ތުހުމަތުތަކެއް އެއަންހެން މީހާ ކޮށްފިއެވެ.
ދިވެހި ސިފައިންގެ މީހާގެ ފޮޓޯއެއް އާންމުކޮށް އަންހެން މީހާ ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ސިފައިންގެ މީހާއަކީ އޭނަގެ ބޭބެ ކަމަށާއި، އޭނައަށް އަނިޔާކޮށް މަރާލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން ދަނގަޑުބުރިއަކުން އަންހެން މީހާ ގައިގައި ތެޅުމުގެ ސަބަބުން އޭނާ ހޭނެތިގެން ވެއްޓުނު ކަމަށްވެސް އެއަންހެންމީހާ ވަނީ ބުނެފައެވެ.
https://twitter.com/Mamdhooha2014/status/1472929307659882496
އޭނާ ބުނީ، އިންޑިއާއަށް ގޮސްފައިވަނީ އޭނަގެ މަންމަގެ ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް ކަމަށާއި، އޭނަގެ ބޭބެ އިންޑިއާއަށް ގޮސްފައިވަނީ މީގެ 4 ވަރަކަށް ދުވަސް ކުރިން ކަމަށެވެ.
އަންހެން މީހާ އިތުރަށް ބުނީ، ދިވެހި ފުލުހުންނަށް ގުޅައި މައްސަލައިގެ ރިޕޯޓު ކޮށްފައިވާ ކަމަށާއި، ފުލުހުން ވިދާޅުވީ މާލެ އައިސް މައްސަލަ ހުށަހަޅަން ކަމަށެވެ.







ޚިޔާލު (2)
ހަމަ ހުސް ދޮގުތި. ދީނެއް މިއަތެއް ނެތް ބަޔަކުގެތެރޭ ޖެހުނު ކޮންމެ ފިރިހެނެއް ވަރިހަމަ ު ވުމުން ބޭބެއެއް ވިއްޔަ އެއްޗެހި ބުނެވޭނެ
މަމްދޫހާ ތިވާހަކަ ދައްކަން ކަލޭ ލަދެއް ނުގަނޭތަ