1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ފިލިޕީންސްގައި ތިބި ދިވެހި ކިޔަވާ ކުދިން ހާލުގައި ޖެހިފައި

p-PHL7962
ޢަޒީޒާ އަފީފް
580ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ފިލިޕީންސްއަށް އެރި ތޫފާން "ރާއީ" ގައި ދިވެހި ކިޔަވާ ކުދިން ހާލުގައި ޖެހިއްޖެއެވެ.

މިދިޔަ ހަފްތާގައި އެޤައުމަށް އެރި ތޫފާންގައި ފިލިޕީންސަށް ލިބުނު ގެއްލުން އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައި.އޭ.ސީ)އިން މިވަނީ ބަލާ ތަހުޤީގުކޮށްފައެވެ. އަދި އައިއޭސީގެ އިންޓާރނޭޝަނަލް ރިލޭޝަންސްގެ ޑިރެކްޓާރ ދަނީ ވަރަށް ކައިރިން ބައްލަވަމުން ކަމަށް އައިއޭސީއިން ވިދާޅުވެއްޖެއެވެ.

އެގޮތުން ބަލާލާއިރު ފިލިޕީންސްގައި ތިބި ދިވެހި ކުދިންގެ ހާލު ބަލައި ބައެއް ކުދިންނާއި ވާހަކަ ދެކެވި މިވަގުތުގެ ހާލަތު ވަނީ ބަޔާންކޮށްފައެވެ.

300 × 250

ފިލިޕީންސްގެ މިހާރުގެ ހާލަތަށް ބަލާލާއިރު:

  • ކައްކާ ކެވޭނެ އެއްވެސް ވަސީލަތެއް ނެތުން. ކާން ބޭޏުންކުރަނީ ޕެކެޓްކުރި ތައްޔާރީ ކާނާ އެކަނި.
  • މުޅި ޑޮމިޓަރީން ކަރަންޓު ވަނީ ކެނޑިފައި. ސަރުކާރުން ވިދާޅުވާ ގޮތުގައި ކަރަންޓު ލިބުމަށް މަދުވެގެން އެއްމަސްދުވަސް ބޭނުންވޭ.
  • ކަރަންޓު ނެތުމުގެ ސަބަބުން ފެނުގެ ޚިދުމަތް މެދުކެނޑި ފެންނުލިބުން، ފެންލިބޭނެ ކަމަށްވަނީ ކަރަންޓުގެ ޚިދުމަތް ލިބުމުން.
  • ތޫފާނުގެ ސަބަބުން ދަތުރުފަތުރުގެ ޚިދުމަތް މެދުކެނޑި އޭޓީއެމް ތަކަށް ނުދެވި ފައިސާ ނުނެގުން. ފައިސާ ނުނެގުމުގެ ސަބަބުން ފައިސާގެ ދަތިކަން ވަނީ ކުރިމަތިވެފައި. ބައެއް ކުދިންގެ އަތުގައި ޑޮލަރު ހުއްޓަސް ފިލިޕީންސް ފައިސާއަށް ބަދަލުކުރެވޭޏެ ގޮތެއް ނެތުން.
  • އެކުދިން ދިރިއުޅެމުންދިޔަ ތަނުގެ ސީލިންގ ހަލާކުވެ ދިރިއުޅެވޭ ހާލަތެއްގައި ތަން ނެތުން.

ދިވެހި ކިޔަވާ ކުދިން ދިރިއުޅެމުންދިޔަ ތަނުގެ ސީލިންގ ވެއްޓިފައި / ފޮޓޯ: އައިއޭސީ ދިވެހި ކިޔަވާ ކުދިން ދިރިއުޅެމުންދިޔަ ތަނުގެ ސީލިންގ ވެއްޓިފައި / ފޮޓޯ: އައިއޭސީ

  • ފޭރޭ މީހުން ގިނަވުމުގެ ސަބަބުން ބައެއް ދިވެހި ކުދިން ސެކިއުރިޓީ ބަލަހައްޓަން ތިބެން މަޖުބޫރުވުން.
  • ފޮޏަށް ނެޓްވޯކް ނުލިބުން. އެތައް ކިލޯމީޓަރު ދުރުގައި ހުރި މޯލަކަށް ނެޓްވޯކް ހޯދުމަށް ބައިސްކަލުގައި ދަތުރުކުރަންޖެހޭ. ގިނަ ހިސާބްތަކުގައި ބައިސްކަލް ކޮނދަށް ލައިގެން ދާންޖެހޭ ކަމަށް މައުލޫމާތުދީފައިވެއެވެ.

މިފަދަ ގިނަ ދަތިތަކާ ކުރިމަތިލާންޖެހުމުން ދިވެހި ކިޔަވާ ކުދިން ފިލިޕީންސްގައި ދިރިއުޅެމުންދަނީ ވަރަށް ހާލުގައެވެ. ދިވެހި ސަރުކާރުންދަނީ އެކުދިންގެ ހާލު ބަލައި އެކުދިންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި