އިންޑިއާއަށް ވާގިވެރިވާ މިސަރުކާރުގެ އިސްވެރިން ފިތި ބާރުވެފައި ތިއްބެވިޔަސް އިންޑިއާ އައުޓް ގޮވޭނެ ކަމަށާއި، އަދި ދިވެހި ރައްޔިތުން ގޮވާނެ ކަމަށް ޕީޕީއެމް/ޕީއެންސީ ޖޮއިންޓް ކައުންސިލް މެމްބަރ އަޒުހަރު އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ. އަޒުހަރު މިހެން ވިދާޅުވީ، އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ އިންޑިއާ އައުޓް ހަރަކާތްތަކާ ގުޅިގެން އެހަރަކާތްތަކާ ދެކޮޅަށް ސަރުކާރު އަދި އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ވަޒީރުން ވާހަކަދައްކަވާތީ އެކަމަށް ރައްދު ދެއްވަމުންނެވެ. https://twitter.com/Azhartu/status/1473303402377449474 އެގޮތުން އަޒުހަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންޑިއާ އަށް ވާގިވެރިވާ މި ސަރުކާރުގެ ވެރިން ފިތި ބާރުވިޔަސް އިންޑިއާ އައުޓް ގޮވޭނެ ކަމަށާއި،  އަދި ދިވެހި ރައްޔިތުން ގޮވަންވެސް ގޮވާނެކަމަށެވެ.

"އެމްޑީޕީ އިން އިންޑިއާ ދަށުވެ ތިބޭ ގޮތަކަށް އެންމެން ނުޖެހޭ ތަބާވާކަށް.މި ޤައުމުގައި އިންޑިއާ ސިފައިން ތިބިހާ ދުވަހަކު އިންޝާﷲ ފުކެއްވެސް ދޫނުދޭނަން" - އަޒުހަރު ވިދާޅުވިއެވެ.

އަޒްހަރު މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީއިން މިއަދު މާލޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދުވަނީ އިންޑިއާ އައުޓް ނުބުނެވޭނެ ކަމަށް ތަކުރާރުކޮށްފައެެވެ. އަދި މެމްބަރު ފަލާޙް ވަނީ އިންޑިއާ އައުޓް ގޮވާނަމަ ކަންފަތް މަތީ ޖަހަން ޖެހޭ ކަމަށް ވިދާޅުވެ އިދިކޮޅު މެމްބަރުންނަށް އިންޒާރު ދެއްވާފައެވެ.