ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށްފަހު ދޫކޮށްލައިފިއެވެ.
ޖާބިރު ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓަށެވެ.
ޖާބިރު ހައްޔަރު ކުރުމަށްފަހު ކޯޓަށް ގެންގޮސްފައިވަނީ، ސިވިލްކޯޓުން ބަލަމުންދާ މައްސަލަޔަކާއި ގުޅިގެން، ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރެއް ތަންފީޒު ކުރުމަށެވެ.
ޖާބިރު ހައްޔަރު ކޮށްފައިވަނީ މައުލޫމާތު ލިބިފައިވާ ގޮތުން ހުވަދު އަތޮޅުގެ ރަށެއްގައި ހުންނަވަނިކޮށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.