މިހާތަނަށް އާސަންދައިން ހޯދާފައިވާ ޚިދުމަތްތައް ބަލާލެވޭ ގޮތަށް މޯބައިލް އެޕްލިކޭޝަނެއް ތައްޔާރުކޮށްފިއެވެ.
އާސަންދަ ކުންފުނީގެ 10 ވަނަ އަހަރީ ދުވަހާ ދިމާކޮށް "އާސަންދަ" ނަމުގައި ތާރަފްކުރެވުނު މޯބައިލް އެޕް ބޭނުންކޮށްގެން އާސަންދައިން ހޯދާ ޚިދުމަތުގެ ތަފްސީލް ބަލާލެވޭނެއެވެ.
މިއެޕްލިކޭޝަން އިފްތިތާހުކޮށްދެއްވީ ނާއިބު ރައީސް ފައިސަލް ނަސީމްއެވެ.
ކޮންމެ ވަގުތަކު އަދި ކޮންމެ ތަނެއްގައި ހުރެގެންވެސް މިއެޕް މެދުވެރިކޮށް އާސަންދައިން ބޭސް ދޫކޮށްފައިވާ ބޭސް ސިޓީ ތަކުގެ ތަފްސީލްގެ އިތުރުން މިކުންފުނިން އެމީހަކު ހޯދާފައިވާ އެހެނިހެން ޚިދުމަތްތަކަށް ހިގާފައިވާ ޚަރަދުގެ ތަފްސީލް ފެނިގެންދާނެއެވެ.
އެހެންކަމުން ޝައްކުކުރެވޭފަދަ މުއާމަލާތެއް ހިގާފައިވާނަމަ އެޝަކުވާ އެޕްލިކޭޝަން މެދުވެރިކޮށް ހުށަހެޅޭނެކަމަށާއި އެޕްލިކޭޝަން މިހާރު އެޕް ސްޓޯރުންނާ ޕްލޭ ސްޓޯރުން ޑައުންލޯޑްކުރެވޭނެކަމަށް އާސަންދަ ކުންފުނިން ވިދާޅުވެއްޖެއެވެ.
އާސަންދައިން ޚިދުމަތެއް ހޯދުމުން ރަޖިސްޓްރީކޮށްފައިވާ ފޯނު ނަންބަރަށް ނޮޓިފިކޭޝަން ލިބިގެންދާނެއެވެ. މި ޚިދުމަތުގައި، އާސަންދައިން ހޯދި ޚިދުމަތާ، ޚިދުމަތް ހޯދި ތަނާއި ޚަރަދުވި ފައިސާގެ ޢަދަދު މެސެޖުން ލިބޭނެއެވެ.
އާސަންދައިން ދަނީ ޢާއްމުންނަށް ބޭނުންވާ މުހިންމު ޚިދުމަތްތަކެއް ތައާރަފްކުރަމުންނެވެ. އެގޮތުން އާސަންދަ ކުންފުނީގެ ޔޫޓިއުބް ޗެނަލްވެސްވަނީ ލޯންޗްކޮށްފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.