ކޭ-ޕޮޕް ސުޕަގްރޫޕް ބީޓީއެސްގެ ތިން މެމްބަރަކު ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.
ރިޕޯޓްތައް ބުނާގޮތުން މިޤްރޫޕް އެމެރިކާއަށް ކުރި ދަތުރަށްފަހު ދެކުނު ކޮރެޔާއަށް އެނބުރި އައިފަހުން ބީޓީއެސް ގްރޫޕްގެ ތިން މެންބަރަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ. އެންމެ ފުރަތަމަ ކޮވިޑަށް ފައްސިވެފައިވަނީ އެގްރޫޕްގެ ސުގާއެވެ.
ސުގާއާ ހަވާލާދީ ރިޕޯޓްތަކުގައި ބުނެފައިވަނީ އެގްރޫޕްގެ އެހެން މެންބަރަކާ އޭނަޔާ ކޮންޓެކްޓް ނުވާ ކަމަށެވެ. އަދި ޑިސެމްބަރު މަހުގެ 17ވަނަ ދުވަހު ހެދި ޕީސީއާރު ޓެސްޓުން އާރްއެމް ނެގެޓިވް ވި ނަމަވެސް، އޭނާ ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން މިދިޔަ ހޮނިހިރު ދުވަހު ކޮވިޑަށް ފައްސިވެފައިވާ ކަން އެގުނު ކަމަށާއި ކޮވިޑުގެ އެއްވެސް އަލާމާތެއް އޭނާގެ ފަރާތުން ފެނިފައި ނުވާކަމަށް ސުގާ ވަނީ ބުނެފައެވެ.
ޖިންގެ ގައިން ރޯގާގެ އަލާމާތްތައް ފެނިފައިވާއިރު ޕީސީއާރުގެ ނަތީޖާ ވަނީ ޕޮޒިޓިވް ވެފައެވެ.
އެހެންކަމުން މިދިޔަ 24 ޑިސެމްބަރ ވީ ހޮނިހިރު ދުވަހު ސުގާ، ޖިން އަދި އާރް.އެމް ވަނީ ކޮވިޑަށް ފައްސިވެފައެވެ.
ފޮޓޯ: ބީޓީއެސްގެ ކިމް ސިއޮކް ޖިން
ފޮޓޯ: ބީޓީއެސްގެ ކިމް ނަމް-ޖޫން (އާރު.އެމް)
ފޮޓޯ: ބީޓީއެސްގެ މިން ޔޫން-ގީ (ސުގާ)
މިތިން މީހުންވެސް ގޭގައި ބައިތިއްބައިގެން ސިއްޚީ ގައިޑްލައިނާ އެއްގޮތަށް ދަނީ ފަރުވާދެމުންނެވެ.
ބީޓީއެސް ކުންފުނިން ބުނެފައި ވަނީ އެ ކުންފުނީގެ އާޓިސްޓުންގެ ސިއްހަތާއި ރައްކާތެރިކަމަށް ވަރަށް އިސްކަންދޭނެ ކަމަށާއި އަވަސް ޝިފާއެއް ހޯދައިދިނުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެ ކުންފުނިން ފޯރުކޮށްދޭނެ ކަމަށެވެ. ބިގްހިޓް މިއުޒިކްއިން ބުނެފައި ވަނީ 'ބީޓީއެސް ޕާމިޝަން ޓު ޑާންސް އޮން ސްޓޭޖް އެލް އޭ'އާއި '2021 ޖިންގަލް ބޯލް ޓުއާ' ގެ ޝެޑިއުލް ކޮށްފައިވާ އިވެންޓުތައް ނިންމައިލުމަށް ފަހު ބީޓީއެސްގެ މެމްބަރުންނަށް ދިގު ޗުއްޓީއެއް ދީފައިވެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.