1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މަސައްކަތުގައި އުޅުނު ބިދޭސީއަކު ވެއްޓި މަރުވެއްޖެ

coronavirus-construction-workers-1-1
ފޮޓޯ: ބިދޭސީން ކޮންސްޓްރަކްޝަން މަސައްކަތުގައި
ޢަޒީޒާ އަފީފް
1,177ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކު ވެއްޓި ލިބުނު އަނިޔާގެ ސަބަބުން މަރުވެއްޖެއެވެ.

ކ. ތިލަފުށީގައި ކޮންސްޓްރަކްޝަން މަސައްކަތުގައި އުޅުނު ބިދޭސީ މީހާ ވެއްޓި ޒަޚަމްވުމުން އައި.ޖީއެމް.އެޗް ހޮސްޕިޓަލަށް ގެންދެވުނެވެ.

އެހެންނަމަވެސް ހޮސްޕިޓަލުން ބުނެފައިވަނީ މިއަދު ހެދުނު 9:53 ކަންހާއިރު ބިދޭސީމީހާ ހޮސްޕިޓަލަށް ގެނެވުނުއިރު މަރުވެފައިވާ ކަމަށެވެ. އަދި އެމީހާ މަރުވެފައިވަނީ ލިބުނު އަނިޔާތަކުގެ ސަބަބުން ކަމަށް އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުން ވަނީ އަންގާފައެވެ.

300 × 250

މިމައްސަލަ އާއި ގުޅިގެން ފުލުހުން ވިދާޅުވީ މިއަދު ހެދުނު 9:30 އެހާކަންހާއިރު ބަންގްލަދޭޝް މީހަކު މަސައްކަތްކުރަމުން ދަނިކޮށް ވެއްޓިގެން އުޅޭ ކަމުގެ ރިޕޯޓް ލިބުނު ކަމަށާއި ހޮސްޕިޓަލަށް ގެންދެވުނުއިރު މަރުވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުން ދަނީ އިތުރަށް ބަލަންޖެހޭ ކަންތައްތައް ބަލައި މައްސަލަ ތަހުޤީގުކުރަމުންނެވެ.

ކޮންސްޓްރަކްޝަން މަސައްކަތްކުރާއިރު ސޭފްޓީ ބޭނުން ކުރަން މިނިސްޓްރީން އަންގާފައި ވަނީ މަސައްކަތުގެ މާހައުލުގައި ލިބިދާނެ މިފަދަ ގެއްލުންތަކުން ނުވަތަ ނުރައްކާތެރި ހާދިސާތަކުން ސަލާމަތްވެ ރައްކާތެރިވުމަށްޓަކައެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި