މަސްކިރާ ބޯޓެއްގެ ފަލުކާތެރެޔަށް ފޭބި މީހަކު ހާލުދެރަވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.
މައުލޫމާތު ލިބުނުގޮތުގައި ކޫއްޑޫ ބަނދަރުގައި އޮތް މަސްކިރާ ބޯޓެއްގެ ފަލުކާތެރެޔަށް މަސްނަގަން ފޭބި މީހަކު ހާލު ދެރަވެގެން ގއ.ވިލިނގިލީ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. މިހާދިސާ ހިނގާފައިވަނީ މިއަދު ހެދުނު 10:00 އެހާކަންހާއިރުގައެވެ.
އެވަގުތު މަސްކިރުމުގައި އުޅުނު މަސްވެރިން ހުވަދޫ ނިއުސްއަށް މައުލޫމާތް ދިންގޮތުގައި މަސްކިރާ ބޯޓުގެ ފަލުކާތެރޭގައި މީގެ ދެދުވަސްކުރީގެ މަސްތައް ހުރިކަމަށާއި ގިނަ ދުވަސްވީ މަސްތަކުން އުފެދުނު ވިހަ ގޭހުގެ ސަބަބުން ހިނގާދިޔަ ހާދިސާއެއް ކަމަށެވެ.
ވިލިނގިލީ ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި ހާލުދެރަވެގެން ގެނެވުނީ ބޯޓުގައި މަސައްކަތް ކުރާ ބިދޭސީ މީހެއް ކަމަށާއި އެމީހާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ. އަދި އެމީހާ ހޮސްޕިޓަލަށް ގެނެވުނުއިރު ވަރަށް ހާލުދެރަކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.