1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މިނިމަމްވޭޖާއެކު މުސާރައަށް އަންނަ ބަދަލު ޖެނުއަރީ 15ގެ ކުރިން އަންގާނެ: ސީ.އެސް.ސީ

velana
ފޮޓޯ: ސިވިލް ސާރވިސްގެ ގިނަ އޮފީސްތައް ހިންގާ ވެލާނާ ބިލްޑިންގ
ޢަޒީޒާ އަފީފް
881ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިނިމަމްވޭޖްގެ ހިމަނައިގެން މުސާރައިގެ ގޮތުގައި ލިބޭނެ އަދަދު އަންނަ ޖެނުއަރީމަހު 15ގެ ކުރިން އަންގާނެކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ޑިރެކްޓަ ޖެނެރަލް އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުﷲ ސައީދު ވިދާޅުވީ މިނިމަމްވޭގް ލިބޭ މުވައްޒަފުންގެ މުސާރައަށް އަންނަ ބަދަލު އަންނަމަހު 15ގެ ކުރިން އަންގާނެ ކަމަށާއި އެކި މުވައްޒަފުންނަށް ލިބޭ އެލަވެންސްގެ އަދަދު ތަފާތުވާނެ ކަމަށެވެ.

މިނިމަމްވޭޖް 11،800 މުވައްޒަފުންނަށް ލިބިގެންދާއިރު އަންނަ މަހުން ފެށިގެން މުވައްޒަފުންގެ މުސާރައަށް ބަދަލުތަކެއް އަންނާނެ ކަމަށް ނޭޝަނަލް ޕޭކޮމިޝަނުން ވަނީ އަންގާފައެވެ.

300 × 250

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ގުޅިގެން ދައުލަތުގެ އިދާރާތަކުން އަމަލު ކުރަން ޖެހޭނެ ގޮތާގުޅޭގޮތުން ނޭޝަނަލް ޕޭ ކޮމިޝަނާއި ސިވިލް ސާރވިސް ކޮމިޝަން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައިވާ ގޮތުގައި ސިވިލް ސަރވިސް މުވައްޒަފުންނަށް އެންމެ ކުޑަ އުޖޫރަ ދޭނީ އަސާސީ މުސާރައަށް އެއްވެސް ބަދަލެއް ނުގެނެސް ފިކްސްޑް އެލަވަންސެއް ގޮތުގައެވެ.

ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން މި އެލަވަންސް ލިބޭނެ ރޭންކުތައް ބަހާފައިފައިވާއިރު 8 ރޭންކެއްގައި ހިމެނޭ -/7000 ރުފިޔާއަށްވުރެ މަދުން މުސާރަލިބޭ މުވައްޒަފުންނަށް މިއެލަވަންސް ލިބިގެންދާނެއެވެ.
މީގެ ތެރެއިން %50 މުވައްޒަފުންނަށް 1500 ރުރިޔާއަށްވުރެ މަތީ މިންވަރެއް ލިބިގެންދާއިރު، %35 މުވައްޒަފުންނަށް 1000 ރުފިޔާ އާއި 1500 ރުފިޔާ އާއިދެމެދުގެ މިންވަރެއް ލިބިގެންދާނެއެވެ.

%11 މުވައްޒަފުންނަށް 1000 ރުފިޔާ އާއި 500 ރުފިޔާ އާދެމެދުގެ މިންވަރެއް އަދި %4 މީހުންނަށް 500 ރުފިޔާއިން ދަށުގެ މިންވަރު ލިބިގެންދާނެއެވެ.
މިނިމަމްވޭޖް އެލަވެންސެއްގެ ގޮތުގައި ދޭން ނިންމާފައިވަނީ އަސާސީ މުސާރަ ބޮޑުކުރުމަށް ގިނަދުވަސްތަކެއް ނަގާނެތީ ކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުގެ ސެކްރަޓަރީ ޖެނެރަލް މުޙައްމަދު ފައިޒަލް ވަނީ ވިދާޅުވެފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި