އާ އަހަރު ފާހަގަކުރުމަށް މިރޭ ހުޅުމާލޭގައި ފާހަގަ ކުރުމަށް ތައްޔާރުވަމުން އަންނަ، ޚާއްސަ މިއުޒިކް ޝޯވްގައި ބައިވެރިވުމަށް ބޮލީވުޑްގެ މަޝްޙޫރު ލަވަކިޔުންތެރިޔާ އަންކިތް ތިވާރީ ރާއްޖެ އަތުވެއްޖެއެވެ.
އަންކިތު ތިވާރީ އަކީ އިންޑިޔާގެ ބޮލީވުޑުގެ ފަހުގެ މަޝްހޫރު ފިލްމުތަކަށް ލަވަކިޔައި، ގިނަބަޔެއްގެ މަޤްބޫލްކަން ހޯދާފައިވާ ފަންނާނެކެވެ.
އަންކިތް ބައިވެރިވާ މިޝޯ އޮންނާނީ މިރޭ ހުޅުމާލެ ދުވާ ޓްރެކް ސަރަޙައްދު ގައެވެ. ލަވަކިޔުމާއި ޑައިރެކްޓް ކުރުމުގެ އިތުރުން ލަވައިގެ ޅެން ހެދުމުގައިވެސް އޭނާއަކީ ފާހަގަކޮށްލެވޭ ފަންނާނެކެވެ. އޭނާގެ އެންމެ މަޝްހޫރު ލަވަތަކުގެ ތެރޭގައި އާޝީޤީ2 އަކަށް ކިޔާދީފައިވާ ލަވަތަކުގެ އިތުރުން އެކްވިލިޔަންގެ ގަލިޔާން ހިމެނެެއެވެ. ފިލްމް އޭކް ވިލަންގެ މި ލަވައަކީ އޭނާ ކިޔާދީފައިވާ މިހާރުވެސް ދިވެހިންގެ މެދުގައިވެސް މަގްބޫލު ލަވައެކެވެ.
މި ޚާއްސަ މިއުޒިކް ޝޯވްގައި، ދިވެހި މަޝްހޫރު ފަންނާނުންގެ އިތުރުން ހަބޭސް ބޮޑުބެރު ގުރޫޕްގެ ހުށަހެޅުންތައްވެސް ފެނިގެންދާނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.