ބޯވަ ނަގަން މޫދަށް ފާބައިގެން އުޅެނިކޮށް ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދެވުނު މިންވަރު އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހާމަކޮށްފިއެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުން ހާމަކޮށްފައިވާ ގޮތުގައި، ގެއްލުނު ޒުވާނާ ހޯދުމަށް 91،000 އަކަމީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަަށެވެ. އަދި އަދިވެސް ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތް ކުރިޔަށްދާކަމަށެވެ.
ގެއްލިގެން ހޯދަނީ ކ. ގުޅިފަޅު ކައިރިއަށް ބޯވަ ހިފަން ފޭބި ހދ. ކުމުންދޫ އަރާއިރު، ޝުރޭހު ހަސަން ކިޔާ 21 އަހަރުގެ ޒުވާނެކެވެ.
އެމްއެންޑީއެފް ކޯސްޓްގާޑް އިން ހާމަކޮށްފައިވާގޮތުގައި ލަފާކުރެވޭގޮތުން، ގުޅިފަޅުގެ ހުޅަނގުދެކުނު ކަންމަތީގައި ބޯވަ ހިފަން އުޅެނިކޮށް ވާދޫ ކަނޑުތެރެއަށް ހުޅަނގަށް ވާގޮތަށް އޭނާ އޮޔާ ދަމައިގަތީ ކަމަށެވެ. ގެއްލުނު ވަގުތު އޭނާގެ ލައިގެން ހުރީ އަޅިކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއް ކަމަށް މައުލޫމާތު ލިބެ އެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭގޮތުގައި، ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކޯސްޓްގާޑުން ކުރަމުންދާ ކަމަށެވެ.
އެގޮތުން ކޯސްޓްގާޑްގެ ޑައިވަރުން ވަނީ ޑައިވްކޮށްގެން 55،000 އަކަމީޓަރުގެ ސަރަހައްދެއް ބަލާފައެވެ. އަދި ސްނޯކްލިން ކޮށްގެން 36،000 އަކަމީޓަރުގެ ސަރަހައްދެއް މިހާތަނަށް ވަނީ ބަލާފައެވެ. ނަމަވެސް ޒުވާނާ ފެނިފައިނުވާކަން ހިތާމަޔާއެކު ފާހަގަކުރަމެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.