1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ލަމްހާގެ ގެއިން ނުރައްކާތެރި އިންޖެކްޝަންތަކެއް ފުލުހުން ހޯދައިފި

l_2021_12_16_085529_hvxrzwcek9a7gsufp3b8dq5mi6ljy2nto14_EN_
ފޮޓޯ: މަރުވި ފިލިޕީންސް ނަރުސް މޭރީގެ ފިރިމީހާ މާވިން އާއި އޭނަގެ ލޯބިވެރިޔާ ހަލީމަތު ލަމްހާ
ޢަޒީޒާ އަފީފް
2,761ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އައިޖީއެމްއެޗްގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްގެ ނަރުސް، މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ދިވެހި ނަރުސް ހަލީމަތު ލަމްހާގެ ގެއިން ނުރައްކާރެތި އިންޖެކްޝަންތަކެއް ފުލުހުން ހޯދައިފިއެވެ.

ލަމްހާގެ އުޅޭ ތަން ކޯޓު އަމުރަކަށް ފާސްކުރި އިރު ފެނުނު އިންޖެކްޝަންތަކުގެ ތެރޭގައި ޕޮޓޭސިއަމް ކްލޮރައިޑް، ޕްރޮޕޮފޯލް އަދި ސަކްސިނައިލްކޮލިން ނަމަކަށް ކިޔާ އިންޖެކްޝަނެއް ވެސް ވަނީ ފުލުހުންނަށް ފެނިފައެވެ. މިއިންޖެކްޝަންތަކަކީ ބޭނުންކޮށްފިނަމަ އިންސާނަކު މަރުވާފަދަ ނުރައްކާތެރި އިންޖެކްޝަންތަކެކެވެ.

ޕޮޓޭސިމް ކްލޮރައިޑަކީ ލޭގެ ތެރޭގައި އެ ގިނަވެއްޖެ ނަމަ ހިތުގެ ހިނގުން ހަމައިން ނެއްޓި މީހާ މަރުވުމަށް މެދުވެރިކުރުވާނެ އެއްޗެކެވެ. ޕްރޮޕޮފޯލް އަކީ ބޮޑެތި ސާޖަރީތައް ކުރާއިރު ހޭނެއްތުމަށް ބޭނުންކުރާ އެއްޗެކެވެ. ހަށިގަނޑަށް މި ޖަހައިފި ނަމަ މީހާ ހޭނެތި ތަންދޮރު ވަކިނުވާ ހާލަތަށް ދާނެ އެވެ. އަދި ސަކްސިނައިލްކޮލިން އަކީ ވެސް ހޭނެއްތުމުގައި ބޭނުންކުރާ އެއްޗެކެވެ. މި އިންޖެކްޝަން ޖެހުމުން ހަށިގަނޑަށް އަންނަ ބަދަލުގެ ސަބަބުން، ވެންޓިލޭޓަރުގެ އެހީގައި ނޫނީ މީހާ އަށް ނޭވާއެއް ނުލެވޭނެ އެވެ.

300 × 250

މިދިޔައަހަރު އޮކްޓޫބަރ މަހު  ދަންޖެހި މަރުވި ކަމަށް ބުނާ ނަރުސް މޭރީގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވަނީ މޭރީގެ ފިރިމީހާ މާވިން އަދި މާވިންގެ ލޯބިވެރިޔާ ލަމްހާގެ މައްޗަށެވެ. މޭރީގެ މަރުގައި ޝައްކުވާ ގިނަ ކަންތައްތައް ހުރުމާއި ގުޅިގެން ފުލުހުންދަނީ މިމައްސަލަ ތަހުޤީގުކުރަމުންނެވެ.

ލަމްހާގެ މައްޗަށް ކުރެވުނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުން އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ. އަދި މާވިންގެ މައްޗަށް ކުރެވުނީ ގަސްދުގައި މީހަކު މަރާލުމުގެ ދައިވާއެވެ.

މައުލޫމާތު ލިބުނުގޮތުގައި މޭރީ މަރުވި ދުވަހު ހަލީމަތުވަނީ އޭނައަށް "ގުޑް ބާއި" މެސެޖެއްކޮށްފައެވެ. އަދި މޭރީ މަރުވި ވަގުތު މޭރީ އާއި މާވިންގެ ދަރިފުޅު ހުރީ ލަމްހާ ކައިރީގައެވެ.

އައިޖީއެމްއެޗްގެ އީއާރްގައި ނަރުހަކަށް އުޅޭ، މާވިންގެ ލޯބިވެރިޔާ ލަމްހާގެ މައްޗަށް މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ ލަމްހާގެ މައްޗަށް ކުރަން ނިންމީ ހޮސްޕިޓަލުގެ ހުއްދައަކާނުލާ ހޮސްޕިޓަލުން ނަގާފައިވާ ނުރައްކާތެރި އަދި ހޮސްޕިޓަލުން ބޭރަށް ގެންދިޔުން މަނާ އިންޖެކްޝަންތަކެއް ލަމްހާގެ ގެއިން ފެނުމާއި ގުޅިގެންނެވެ.

މޭރީގެ މައްސަލައާއި ގުޅިގެން ލަމްހާ ހައްޔަރުކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

300 × 250

ޚިޔާލު (7)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ވާނުވާ

    ލަމްހާގެ ގެއިން ފެނުނޭ ތިބުނާ އިންޖެކްސަން ތަކަކީ ކިހިނެއް އިގެނީ މީ މޭރީގެ ރައްޓެހިން ޕޮލިހާ ގުޅިގެން އޭނައައް ބާލާ ހަސަދަ އެއް ކަމެއް، އަނެއް ކޮޅުން މޭރީ މަރުވެގެން 7ދުވަސް ފަހުން މި ދިއައީ ލަމްހާގެ ބަލަން، ދެން ކީއްވެޔޯ ތިވަރުގެ އެއްޗެއް ލަމްހާ އަތުގަ ބެހެއްޓީ، ހާދަ ދެކޮޅު ނުޖެހެއޭ، އަދި މޭރީ ގަޔަށް އިންޖެކްސަން އެއް ބޭހެއް ޖަހާފަ ހުރި ކަމަކައް ޕޯސްޓްމޯޓަމްއިން ނުދައްކާ، މޭރީ މަރަން ބޭސް، އިންޖެކްސަން ވަގައް ނަގަން މާވިން އައް މާ ފަސޭހަ ވާނެ ކަންނޭގެ، މާވިން އެއީ ސީނިއަރ މީހާ އެތަނުގަ، މިހާރު ހީވަން ފަށާފި ޒާތީ ވާހެންވެސް…

    • Master

      Kale ah neygunas e jahaafa huregen polihun mahsala balan fesheeves. Aga eh otheema thelhuviyakas adhi kamaku nudhey

    • Master

      Kaleyah thihury egifa, e inn ehcheh eyna gayah jahaafa eh neyy, aga othyma thi thalhuvany kaleymen, heybali vaakah, dhn keehvegennoa postmortem inn e inn ehcheh nudhekkee,, adhi lamha geyga e bahttan vee keehkuran eyna atheh oyy nama, hama nattaaleveyne dhw, visnaalaafa ehchehi ehchhei liyebala

  • އަލީ

    ދަރިފުޅަށް ލިބޭނެ ހިތާމަ އާއި ނިކަމެތިކަން ހިތައް އަރާފަ ކެތްނުވޭ. ހާދަ ނުބައި ދެ ޖަނަވާރުންނޭ އެއީ.

    • ތުއްތީ

      އަސްލުވެސް

    • އަލީ އަންހެނުން

      މީހުން ލިޔާހާ އެއްޗެހި ބަލާފަ މީހުންނާ ދިމާލައް ޖަނަވާރައް ގޮވާއިރު ކަމުގެ ހަގީގަތް ކަލެއަށް ވަކި އިގޭތަ… މި ކަހަލަ ދެ އުޅިއެއް ނުވާ މީހުންނާ ހެދިއޭ މި ގައުމު މި ހަލާކު ވަނީ، ނޫސްވެރިންވެސް މީހުންގެ އަގު ވައްޓޭވަރުގެ ވާހަކަ ލިޔާއިރު ކަމުގެ ފުރިހަމަ ހަގީގަތް ބަލާލުން ރަނގަޅު، ވާހަކަ ދެއްކުމުގެ މިނިވަންކަން އޮތީމަ ކޮއްމެ މީހަކައް ކޮއްމެ އެއްޗެއްވެސް ކިއިދާނެ، އަދި މިއަދު ނޭނގި ތިބެ ތި ކުޅެލެވެނީ ނިކަމެތި ކުއްޖެއްގެ މުޅި ދިރިއުޅުމާ ކަމަށްވެސް ވެދާނެ، ގަބޫލު ކުރިޔަސް ނުކުރިޔަސް ލަމްހާގެ އަތެއް ތި މަރަކު ނުވާނެ، ލަމްހާ އަތުގަ ތި ފަދަ އެއްޗެއް ބަހައްޓާގެން މޭރީ މަރު ބެލި އިރު ޕޯސްޓްމޯޓަމް އަކުންވެސް ނުދައްކާ އޭނަ ގަޔައް ތި ފަދަ ބޭހެއް ޖަހާފަ ހުރި ކަމަކައް، އަދި ތި މޭރީ ގްރޭސް ލަމްހާ އާ ދިމާލައް ކިޔާފަ ހުރި ހަޑި ހުތުރު މެސެޖް ތަކުގެ ވާހަކަ ހަމަ އެއްވެސް މީހަކައް ނީނގެނީތޯ؟ ނޫނީ ނީނގޭކަމައް ހަދަނީތޯ؟ މަރުވާ ކޮއްމެ މީހަކީ ތި ހީކުރަނީ ހުދު ކާފޫރެއް ކަމައްތަ؟ މޭރީ ގްރޭސްގެ ހަގީގަތް ހޯދަ ބަލަ ފުރަތަމަ، ދެރަ ކަންތައްތައް.. ކަންކަމުގެ ހަގީގަތާ ހަމަ އައް ނުދަނީސް މީހުން ބަދުނާމް ކުރުން މީ މިހާރު ރާއްޖޭގަ މީހުން ހިތުން ކުރެވޭ އެންމެ މޮޅު އެންމެ ސަވާބު ލިބޭ ކަންތައް، މުސްލިމުންނޭ ބުނަން ލަދެއް ނުގަނޭ ބާއޭ ހިތައް އަރާ…

    • Karish

      Edhemeehunnaa varah gulhunhurimeeheh dhoa thiee

ގުޅުންހުރި