1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް މިރޭ ފަށަނީ؛ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް

މަރްޔަމް ޝަފާ ސައީދު
824ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް މިރޭ ފެށުމަށް ނިންމާފައިވާ ކަމަށް އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނެފި އެވެ. އެ ކުންފުނިން ބުނީ އަމީނީ މަހުގެ ސެގްމަންޓް އެކެއް މަރާމާތު ކުރުމުގެ މަސައްކަތް މިރޭ 00:00 ގައި ފަށާނެ ކަމަށެވެ.

މި މަސައްކަތް ފެށުމާއެކު އަމީނީ މަގުގެ އިއްޒުއްދީން މަގާ ދިމާވާ ހިސާބުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮންނަ ސަރަހައްދު އާންމު ދަތުރުފަތުރަށް ބަންދުވާނެ އެވެ. މި ބަދަލާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފަ އެވެ.

ބަސް ދަތުރުތަކަށް ގެނެވުނު ބަދަލުތައް

300 × 250

އެމްޓީސީސީން ބުނީ މަގުން ބައެއް ބަންދުކުރުމާ ގުޅިގެން އެ ކުންފުނިން ދެމުންދާ އާރުޓީއެލް ބަހުގެ ޚިދުމަތުގައި ހިމެނޭ އޯކިޑް ރޫޓްގެ ދަތުރުތަކަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެގޮތުން ދަރުމަވަންތަ ބަސް ހުއްޓިއަށް މަޑުކުރުމުގެ ބަދަލުގައި ދެން މަޑުކުރާނީ ވެސްޓްޕާކު ބަސް ހުއްޓިއަށެވެ.

މި ބަދަލާ ގުޅިގެން އަމީނީ މަގު ސެގްމަންޓް އެކެއްގެ މަސައްކަތް ނިމެންދެން ސޯޝަލް ސެންޓަރ، އައިޖީއެމްއެޗް އަދި ދަރުމަވަންތަ ބަސް ހުއްޓިއަށް އެ ރޫޓްގެ ބަހެއް މަޑެއް ނުކުރާނެ އެވެ. އަދި އަމީނީ މަގުގެ މި ސެގްމަންޓްގެ މަސައްކަތް ނިމެންދެން އަމީނީ ރޫޓްގެ ބަހުގެ ޚިދުމަތް ވެސް މެދުކެނޑޭނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ.

މީގެ އިތުރުން R7, R3, R1 އަދި R15 ރޫޓުތަކުން އެންމެ ފަހު މަންޒިލެއްގެ ގޮތުގައި މާލޭގައި ދެން މަޑުކުރާނީ މާފަންނު ބަސް ޓާމިނަލަށެވެ. މި ބަދަލާ ގުޅިގެން އަމީނީ މަގު ސެގްމަންޓް އެކެއްގެ މަސައްކަތް ނިމެންދެން މި ރޫޓްތަކުން ފުޑް ކޯޓު، ދަރުމަވަންތަ އަދި ވެސްޓް ޕާކު ބަސް ހުއްޓިއަށް މަޑު ނުކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި