1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހިއުމަން ޓްރެފިކިންގެ މައްސަލައިގައި އައްޑޫ މީހަކު ހައްޔަރުކޮށްފި

250638_4_98e1e88b801e73ab105d8c913ca3dee710816635_medium
ޢަޒީޒާ އަފީފް
1,164ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭން ބޭރުގެ ގިނަބަޔަކު ހިމެނޭހެން ހިއުމަން ޓްރެފިކިން މައްސަލައެއްގައި އައްޑޫ މީހަކު ހިމެނޭހެން ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

އެ މައްސަލާގައި ހައްޔަރުކުރެވުނީ ސ.ހިތަދޫ، ރޯޝަނީމާގެ މޫސާ ފަތުހީ (55) ގެ އިތުރުން މުހައްމަދު ވަހީދު، 65 އަހަރު / ހ. ސީސްޕީޑްއެވެ.

އެ މައްސަލާގައި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން، ދެ މީހުންގެ މައްޗަށްވެސް ވަނީ 10 ދުވަހުގެ ބަންދެއް ޖަހާފައެވެ.

300 × 250

ކޯޓު އަމުރުގައި ބުނެފައިވަނީ މޫސާ ފަތުހީ އާއި މުހައްމަދު ވަހީދު ހިއުމަންޓްރެފިކިންގެ ކުށްކުރި ކަމުގެ ހެކި ފުލުހުން ހުށަހަޅާފައިވާ ކަމަށާއި، ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަށް ބަލާއިރު، ކުށުގެ ޝިކާރައަކަށް ވީ މީހާ އާއި ހެކިވެރިން ދިން ބަޔާންތަކުން ދެ މީހުންނަށް ކޮށްފައިވާ ތުހުމަތަށް ބާރުދޭ ކަމަށެވެ.

ނަމަވެސް، ވަހީދަކީ އުމުރުން ދުވަސްވީ ބަލި މީހެއް ކަމަށް ވަހީދުގެ ފަރާތުން ބުނުމުން ކޯޓުން ބުނީ، 10 ދުވަސް ފަހުން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ދެން އޮންނަ އަޑުއެހުމަކަށް ބަލި ހާލަތާ ގުޅޭ ލިޔެކިއުންތައް ހުށަހަޅައިފި ނަމަ އެއަށް ރިއާޔަތް ކުރާނެ ކަމަށެވެ.

މީގެކުރިންވެސް ވަހީދުވަނީ މިކަހަލަ މައްސަލައެއްގައި ހައްޔަރުކޮށްފައެވެ. އެހެންނަމަވެސް އަދިވެސް އޭނާގެ ފަރާތުން ޝިކާރައަކަށް ވީ މީހާއަށް ބިރުދައްކަން އޭނާ މަސައްކަތް ކުރަމުން ދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އެ މައްސަލާގައި ހިމެނޭ ފަތުހީގެ ދިފާއުން ބުނީ، އޭނާގެ މައްޗަށް އެ މައްސަލާގައި ތުހުމަތު ވަނީ، ވަހީދު ބުނެގެން ކޮށްދިން ކަމެއްގެ ސަބަބުން ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި