ބިދޭސީ އަންހެނަކު ރާއްޖެ ގެެނެސް އޭނާ ލައްވައި ހަށިވިއްކުވި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށްފިއެވެ.
އިތުބާރުހުރި މަސްދަރަކުން ހާމަކުރި ގޮތުގައި ފުލުހަކު ހައްޔަރުކޮށްފައިވަނީ ތައިލެންޑް އަންހެނެއް ރާއްޖެ ގެނެސް އެމީހާ ލައްވައި ހަށިވިއްކުވި މައްސަލައެއްގެ ތުހުމަތުގައެވެ.
މިމައްސަލައާ ގުޅިގެން މިހާތަނަށް ފުލުހުންގެ ބަހެއް ލިބިފައިނުވެއެވެ.
ބިދޭސީން ރާއްޖެ ގެނެސް އެކި ވިޔަފާރީގެ ނަމުގައި ހަށިވިއްކުވާ މައްސަލަތަކަކީ މީގެ ކުރިންވެސް ރާއްޖެއިން ފެންމަތިވެފައިވާ މައްސަލަތަކެވެ. އެކަހަލަ މައްސަލަތަކުގައި މީހުން ހައްޔަރުކޮށްފައިވެސް ވެއެވެ.








ޚިޔާލު (2)
Alifu sukun onnan vaathanegga shaviyani sukununeh ovegen kanneyge thimeehaa dhoovaanee.
Rangalhu