ރާއްޖޭގައި ކޮވިޑަށް ފައްސިވާ މީހުން ކަރަންޓީނު މުއްދަތު ކުރުކޮށްފިކަމަށް އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.
މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑ.ނަޒްލާ ރަފީޤް ވިދާޅުވީ މިހާރު ކޮވިޑަށް ފައްސިވާ މީހުން އަލާމާތެއް ނުފެނުނަސް 14 ދުވަހަށް ކަރަންޓީނު ކުރަމުންދާ ކަމަށާއި މިއަދުން ފެށިގެން ކަރަންޓީނު މުއްދަތު 10 ދުވަހަށް ކުރުކޮށްފައިވާކަމަށެވެ. އެހެންނަމަވެސް 10 ދުވަހަށް ކަރަންޓީނު ކުރެވޭނީ ކޮވިޑްގެ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށެވެ.
މީގެއިތުރުން ވެކްސިން ފުރިހަމަކޮށްފައިވާނަމަ ކޮވިޑް ޖެހޭ މީހުންނާއި ގާތުން އެއްތާވި މީހުންވެސް ކަރަންޓީން ކުރާނީ ދިހަ ދުވަހަށް ކަމަށް އަންގައިފިއެވެ. އަދި ފަސް ދުވަސް ފަހުން ޓެސްޓް ކުރުމަށް ފަހު ޓެސްޓް ނައްސި ވެއްޖެނަމަ ވަގުތުން ދޫކޮށްލާނެ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ޑރ.ނަޒްލާ ވިދާޅުވީ މިބަދަލު ގެނައި ނަމަވެސް އަދިވެސް ވެކްސިން ފުރިހަމަ ނުކުރާ މީހުން 14 ދުވަހު ކަރަންޓީން ކުރާނެ ކަމަށެވެ.
ރާއްޖޭގައި ދުވަހެއް ދުވަހެއް ކޮވިޑްގެ ކޭސްތައް މިދަނީ އިތުރުވަމުންނެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުން މާލޭގެ އިތުރުން މާފުށީގައި އަދި ކުޑަހުވަދޫގައި ކޮވިޑްގެ އެންމެ ނުރައްކާތެރި ވޭރިއަންޓެއް ކަމަށްވާ އޮމިކްރޯންގެ 8 ކޭސް ވަނީ ފެންމަތިވެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.