މާލޭގެ މަގުމަތީގައި ދުއްވަމުންދިޔަ ސައިކަލަކުން ވެއްޓުނު ކޮތަޅެއްގެ ތެރެއިން ބިޔަރު ދަޅުތަކެއް ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ ހުޅުމާލޭ ފެރީ ޓާމިނަލް ކައިރިން ދުއްވާފައިދިޔަ ސައިކަލަކުން ގެންދިޔަ ކޮތަޅެއް މަގުމައްޗަށް ވެއްޓުނުއިރު އޭގެތެރޭގައި ބިޔަރު ދަޅުތަކެއް ހުރިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 1:26 ގައި ކަމަށާއި އެބިޔަރު ދަޅުތައް މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.
އެމައުލޫމާތު ލިބުމުން ފުލުހުންވަނީ އެސަރަހައްދުގައި ހަރަކާތްތެރިވެފައެވެ. އެހެންނަމަވެސް އެކޮތަޅުގައި ހުރީ ކިތައް ބިޔަރުދަޅު ކަމެއް ފުލުހުން ހާމަކޮށްފައިނުވެއެވެ.
މިމައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައިގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.