ށ. ފުނަދޫ ސްކޫލުގެ ފާރުގައި "އިންޑިއާ އައުޓް" ލިޔުނު މައްސަލަ ފުލުހުން ތަހުޤީގު ކުރަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ މިއަދު ހެދުނު 11.38 އެހާކަންހާއިރު މިމައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި މައްސަލައިގެ ތަހުޤީގު ކުރިޔަށް ގެންދާ ކަމަށެވެ.
ފުނަދޫ ސްކޫލްގެ ފާރުގައި "އިންޑިޔާ އައުޓް" ލިޔުމުން ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފްވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ފުނަދޫ ސްކޫލުގައި އިންޑިޔާގެ ސާޅިހަށްވުރެ ގިނަ ޓީޗަރުން މަސައްކަތްކުރެއެވެ. އެހެންކަމުން އިގިރޭސި ބަހުން އިންޑިޔާ އައުޓް ޖަހާފައި އިނުމުން އެސްކޫލުގައި މަސައްކަތްކުރާ އިންޑިޔާ ޓީޗަރުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނެންޓް ސެކެރެޓަރީ (ޕީއެސް) އަހުމަދު އަލީ ވިދާޅުވީ ސްކޫލްގެ ފާރުގައި އެހެން ލިޔުނު މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
ނަން ހާމަނުކުރަން ޝަރުތުކޮށް އެ ރަށު ކައުންސިލަރަކު މީޑީޔާއަށް މައުލޫމާތު ދިންގޮތުގައި މިއީ ރޭ ދަންވަރު ކޮށްފައިވާ ކަމެކެވެ. މިކަންތައް ކުރީ އެމްޑީޕީ މީހުން ކަމަށް ކައުންސިލަރު ވަނީ ތުހުމަތުކޮށްފައެވެ.
އިދިކޮޅުން ތުހުމަތު ކުރައްވާ ގޮތުގައި ސަރުކާރުން އިންޑިޔާއާ އެކީ ބާއްވަމުންދަނީ އަޑިނޭގޭ ގުޅުމެކެވެ. ސަރުކާރުން މިވާހަކަ ދޮގުކުރަމުން ބުނެފައިވަނީ އިދިކޮޅުން މިފަދަ ހަރަކާތެއް ހިންގަނީ ރާއްޖޭގައި މަސްތުވާތަކެތި އެތެރެކުރަން ހިންގާ ބޮޑެތި އޮޕަރޭޝަންތަކާ ގުޅިގެން އެކަމަށް ހުރަސް އަޅާށެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.