ހުވަދު އަތޮޅުގައި އެންމެ ގިނަ ދުވަސްވީ އަދި އެންމެ ގިނަމީހުން ދަތުރުކުރާ އެއަރޕޯޓު ކަމަށްވާ ކާޑެއްދޫ ޑޮމެސްޓިކް އެއަރޕޯޓުގެ ޖެޓީ ހަލާކުވެ ވެއްޓެން ކައިރިވެއްޖެއެވެ. ކާޑެއްދޫ ޖެޓީ ވެއްޓެން ކައިރިވެފައިވަނީ ކަނޑުގަދަވެ ފަޅުތެރޭގައި އުފެދޭ ރާޅު ބާނީގެ ސަބަބުން ޖެޓީގެ ދަށުން ވެލިދަމައިގަނެގެން ކަމަށް ލަފާކުރެވެއެވެ.

Kdmކާޑެއްދޫ އެއަރޕޯޓު ޖެޓީ މިހާރު އޮތް ހާލަތު

ކާޑެއްދޫ އެއަރޕޯޓުން ވާހަކަ ދެއްކި މީހަކުބުނީ، ރޭ ކަނޑުގަދަވުމުގެ ސަބަބުން ޖެޓީ މިހާރުވަނީ ވަރަށް ބޮޑަށް އަރިއަޅާފައި ކަމަށާއި، މީގެ ކުރިންވެސް އެތަން ހުރީ ކޮންމެވެސް ވަރަކަށް އަރިއަޅާފައިކަމަށެވެ. ނަމަވެސް ރޭ ފަތިހު އެޖެޓީވަނީ ވަރަށް ބޮޑަށް އަރިއަޅައި ވެއްޓެން ކައިރިވެފައިކަމަށެވެ.

Kdmކާޑެއްދޫ އެއަރޕޯޓު ޖެޓީ މިހާރު އޮތް ހާލަތު

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ކާޑެއްދޫއަށް ލޯންޗު ދަތުރުކުރާ ފަރާތަކުން ބުނީ، ކާޑެެއްދޫ ޖެޓީ މިހާރު އޮތް ހާލަތުން އެތަނަށް ކައިރިކޮށް މީހުން ބޭލުމާއި އެރުވުމަކީ އެހާ ފަސޭހަކަމެއް ނޫންކަމަށާއި، ޖެޓީ ވެއްޓޭނީ ކޮންވަގުތަކު ކަމެއް ނޭނގޭ ކަމަށެވެ. ކާޑެއްދޫ އެއަރޕޯޓަކީ ހުވަދުއަތޮޅުގެ ގިނަ ރައްޔިތުންގެ އިތުރުން ރިސޯޓުތަކުން އަންނަ ފަތުރުވެރިން ގިނަ އަދަދަކަށް ދަތުރު ކުރާ ތަނަކަށްވެފައި އެތަނުގައި ފެންވަރު ދަށްކަމުގެ ވާހަކަ އަބަދުވެސް ދެކެވެއެވެ.