ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އިން ފުރަން ތައްޔާރުވެފައި އޮތް މޯލްޑިވިއަންގެ ފުލައިޓެއްގައި ރޯވެއްޖެއެވެ.

ރޯވެފައި ވަނީ ރަންވޭ މަތިގައި ފުރަން ތައްޔާރުވެފައިއޮއްވައި ކޮކްޕިޓެޓް ތެރެއިން އެއްޗެއްގައެވެ. ރޯވެފައި ވަނީ ކޮއްޗެއްގައި ކަމެއް އަދި ސާފެއް ނުވެއެވެ.

އަލިފާން ރޯވި ފްލައިޓުގެ އަލިފާން ނިއްވުމަށް ހަނިމާދޫ އެއަރޕޯޓް ގެ ފަޔަރ ޓީމުން މިހާރު ވަނީ އަލިފާންގަޑު ނިއްވާލާފައެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައިވާ ކަމުގެ މައުލޫމާތެއް އަދި ލިބިފައިނުވެއެވެ.