1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކާޑެއްދޫ އެއަރޕޯޓަކީ ރާއްޖޭގައި ހިންގާ އެންމެ ނިކަމެތި މުސްކުޅި އެއަރޕޯޓު - ފިރުޝާން

Firushaan
ހުވަދޫ ނިއުސް ޓީމް
1,454ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހުވަދު އަތޮޅުގެ މައި އެއަރޕޯޓު ކަމަށްވާ ކާޑެއްދޫ އެއަރޕޯޓަކީ މިވަގުތު ރާއްޖޭގައި ހިންގާ އެންމެ ނިކަމެތި ހާލުދަށް އަދި އެންމެ މުސްކުޅި އެއަރޕޯޓު ކަމަށާއި އެއަރޕޯޓުގެ ޝަކުވާ ހުވަދު އަތޮޅު ރައްޔިތުން އަބަދުވެސް ކުރައްވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ

މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ކާޑެއްދޫ އެއަރޕޯޓުގެ ޖެޓީ ހަލާކުވެ ވެއްޓެން ކައިރިވެފައިވާ މަންޒަރު ފެންނަ ފޮޓޯއެއް ހިއްސާކޮށް ފިރުޝާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއީ ކާޑެއްދޫ އެއަރޕޯޓުގެ ފަސެންޖަރުން ބޭނުންކުރާ ބަނދަރުގެ މިވަގުތުގެ ހާލަތު ކަމަށެވެ.

https://twitter.com/husnfirey/status/1483454605975748612

300 × 250

"ކާޑެއްދޫ އެއަރޕޯޓަކީ ރާއްޖޭގައި މިވަގުތު ހިންގާ އެންމެ ނިކަމެތި ހާލުދަށް މުސްކުޅި އެއަރޕޯޓު. މިއެއަރޕޯޓު ވިލާއެއަރ އަށް ދިނުމަށް ސްޕްރީމް ކޯޓުން ހުކުމް ކޮށްފަ ވީ ނަމަވެސް އެކުންފުނިން އަޅައެއް ނުލާ." ފިރުޝާން ވިދާޅުވިއެވެ.

Kdm

ފިރުޝާން އިތުރަށް ވިދާޅުވީ، ކާޑެއްދޫ އެއަރޕޯޓު މިހާރު ހިންގަމުންދާ އާރްއޭސީއެލް ކުންފުނިންވެސް އެތަނުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އަޅާނުލާ ކަމަށާއި، އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އިންވެސް ކާޑެއްދޫ އެއަރޕޯޓުގެ މައްސަލަތަކާމެދު އަޅައެއް ނުލާ ކަމަށެވެ.

ފިރުޝާން މިހެން ވިދާޅުވެފައިވާއިރު، ކާޑެއްދޫ އެއަރޕޯޓުގެ ޖެޓީ ހަލާކުވުމުގެ ސަބަބުން ދަތުރުފަތުރު ކުރާ ފަރާތްތަކުންވެސް ގިނަ ޝަކުވާތަކެއް އަބަދުވެސް ކުރެއެވެ. އެގޮތުން ލަފާ ފުރުމުގެ ހުންނަ ދަތިތަކާއި، ޖާގައިގެ ދަތިކަމުގެ ވާހަކައަކީ އަބަދުވެސް ގިނަ ބަޔަކު ދައްކަމުންދާ ވާހަކައެކެވެ.

 

 

300 × 250

ޚިޔާލު (4)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • fish

    thedhe vaahakaike haggan

  • ސޯލިހު / ހިންނަވަރު

    ފިރުޝާނު ވެރިކަމުގައި ހުއްޓޫ ޔާމީނުހޭ ނުންފެހޭ ޕީޕީއެމް ހޭ / ތަ ނިސްބަތެވެނެ ސަރުކާރާ ދަޓެކަމާ ތިއެގެންނޫ

  • shaheed ali

    havaru thinadhooga thibi 2 menabarun ah thivaruvess nuvi

  • ތޯބެ

    ފިރުޝާނު ހެޑްލައިން ހަދައިގެން ޗަރުކޭސް ޖަހުވަންނަން ވޮންނެއި ކައިކެން. އަހަނެ ނޯޅެމާ ތާއި ވެރިކަމުގައި ހުއްޓީ ހިންވަރު ސޯލިހު ހެއްސޯހަދުވަންނަން . ތަ މުޅި މިދައުރުގައިއަސް ތިކިޔަން ނޫ އެކައްތެކެ،އެނެއްކަލައި ތަ ހޯވީގޮހޯ ހުއްޓޫ ސަރުކާރާއި ދެކޮޑެ މެމްބަރެއް ގޮތުގައި ނުންފެހޭ ޕީޕއެމް އިން

ގުޅުންހުރި