1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކާޑެއްދޫ އެއަރޕޯޓު ޖެޓީގެ ބޮޑުބައެއް ވެއްޓިއްޖެ

KDM Jetty
ހުވަދޫ ނިއުސް ޓީމް
1,479ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގދ ކާޑެއްދޫގައި ހިންގާ ހުވަދުއަތޮޅުގެ މައި އެއަރޕޯޓު ކަމަށްވާ ކާޑެއްދޫ އެއަރޕޯޓުގެ ޖެޓީގެ ބޮޑުބައެއް ވެއްޓިއްޖެއެވެ.

ކާޑެއްދޫގައި ހުރި މީހަކު ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ބުނީ، ޖެޓީގެ ބައެއް ވެއްޓިފައިވަނީ މިއަދު 10:00 އާ 11:00 އާ ދެމެދުގެ ވަގުތެއްގައެވެ.

4

300 × 250

އޭނާ ބުނީ، ޖެޓީ ވެއްޓުނު ގަޑީގައި އެތަނުގައި އެއްވެސް އުޅަނދެއް ބަނދަރު ކޮށްފައިނުވާ ކަމަށާއި، އަދި މިކަމާ ގުޅިގެން އެއްވެސް މީހަކަަށް އަނިޔާއެއް ލިބިފައިނުވާކަމަށެވެ.

3

ކާޑެއްދޫ އެއަރޕޯޓަކީ ގިނަ ބަޔަކު ދަތުރުކުރާ މަންޒިލަކަށްވެފައި، ޖެޓީ ސަރަހައްދުގައި ޖާގައިގެ ދަތިކަމުގެ ވާހަކައާއި، އޮޑިދޯނިފަހަރު އަޅާނެ ގޮތްތަކެއް ނެތުމުގެ ސަބަބުން އެކަމުގެ ޝަކުވާ އަބަދުވެސް ގިނަ ބަޔަކު ކުރެއެވެ.

fsf

ކާޑެއްދޫ އެއަރޕޯޓަކީ ދުވާލަކު އެތަށް ސަތޭކަ ބަޔަކާއި ފަތުރުވެރިން ޚިދުމަތް ހޯދަމުން އަންނަ އެއާޕޯޓެކެވެ. ކާޑެއްދޫގެ އެއާޕޯޓު ޖެޓީ އަރި އަޅާލާފައި އޮންނަތާ ގިނަ ދުވަސްވެ އެއްވެސް ފިޔަވަޅެއް އެޅިފައި ނުވަނީސް، އެންމެ ފަހުން ޖެޓީ ވެއްޓިގެން ދިޔައީއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި