ކާޑެއްދޫ އެއަރޕޯޓު ޖެޓީގެ މައްސަލަ މިހާރުން މިހާރަށް ހައްލުކޮށް އައު ޖެޓީއެއް ހަދައި ކާޑެއްދޫގެ ޚިދުމަތް ހުއްޓުނަ ނުދިނުމަށް، ގާސިމް އިބްރާހިމް އަށާއި، ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށް ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވެއްޖެއެވެ. ސައުދު މިހެން ވިދާޅުވީ، ކާޑެއްދޫ އެއަރޕޯޓުގެ އެއްގަމު ތޮށިގަނޑު މިއަދުގެ ވަގުތެއްގައި ވެއްޓިފައިވާތީ އެކަމާ ގުޅިގެން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެޕޯސްޓުގައި ސައުދު ވިދާޅުވީ، ކާޑެއްދޫ އެއަރޕޯޓު ޖެޓީ ވެއްޓިފައި ބާއްވަން ދޫކޮށްލުމަކީ ކާޑެއްދޫގެ އޮޕަރޭޝަންތައް ހުއްޓި ފަތުރުވެރިންނަށް ބޮޑެތި ގެއްލުން ތަކެއް ކުރިމަތި ކުރުވާނެ ކަމެއް ކަމަށެވެ. "މިމައްސަލައަކީ މިހާރުން މިހާރަށްވެސް ވިލާ ކުންފުނިން ނުވަތަ އެތަން ހަވާލުވެ ތިއްބެވި ފަރާތްތަކުން ހައްލު ކުރަން ޖެހޭ މައްސަލައެއް. މިމައްސަލަ މިހާރުން މިހާރަށް ހައްލުކޮށް އައު ޖެޓީއެއް ލައި ކާޑެއްދޫގެ ޚިދުމަތްތައް ހުއްޓުނަ ނުދިނުމަށް ގާސިމް އިބްރާހިމް އަށާއި، ކަމަބެހޭ ފަރާތްތަކަށް ގޮވާލަން." ސައުދު ވިދާޅުވިއެވެ. ކާޑެއްދޫ އެއަރޕޯޓުގެ ޖެޓީ ހަލާކުވެފައި އޮންނަތާ ގާތްގަނޑަކަށް އަހަރަކަށްވުރެ ގިނަ ދުވަސްވެދާނެއެވެ. އަދި މިމަހުގެ 18 ވަނަ ދުވަހު މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ވެލި ދަމައިގެން ދިއުމުގެ ސަބަބުން ޖެޓީވަނީ ވަރަށް ބޮޑަށް ވެއްޓެން ކައިރިވެފައެވެ. އަދި އެފަހުން އެސަރަހައްދު ވަނީ އާންމުންނަށް ކައިރިނުކުރެވޭނެހެން ބަންދުކޮށްފައެވެ. ކާޑެއްދޫ އެއަރޕޯޓު ޖެޓީ ވެއްޓިފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އެގޮތުން ގާތްގަނޑަކަށް 150 ވަރަކަށް ފޫޓުގެ ވަނީ ވެއްޓިފައެވެ. ކާޑެއްދޫ އެއަރޕޯޓްގެ ވާހަކައަކީ ހުވަދު އަތޮޅު ރައްޔިތުން އެންމެ ގިނައިން ދައްކާ ވާހަކައެވެ. ހުރިހާ ގޮތަކުން ވަރަށް ދަށް ޙާލަތުގައި އޮތް އެ އެއަރޕޯޓަކީ ސަރުކާރުގެ ވެރިންނާއި ސަރުކާރުގެ ވަފުދުތައް އެންމެ ގިނައިން ބޭނުންކުރާ ވައިގެ ބަނދަރެވެ.
ކާޑެއްދޫ އެއަރޕޯޓުގައި މިހާރުން މިހާރަށް އައު ޖެޓީއެއް ލައިދިނުމަށް ވިލާ އަށް ގޮވާލަން - ސައުދު

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.